ޏ. ފުވައްމުލަކު މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން
ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކޮށް އަމީންގެ މައްޗަށް މޮނިކަން އަމުރު ނެރެފި
ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ އަދި އައިއެސް ޖަމާއަތުން ރާއްޖެއަށް ކަނޑައަޅާފައިވާ އަމީރު ކަމަށް ތުހުމަތު ކުރާ މުހައްމަދު އަމީން ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށް، މޮނިކަން އަމުރު އޭނާގެ މައްޗަށް ނެރެފި އެވެ.
ވީކިހިނެއް؟- އަމީންގެ މައްޗަށް އިއްޔެ ހައިކޯޓުން ނެރުނު މޮނިކޮން އަމުރުގައި ބަުނީ އިރުއޮއްސި 6:00 އިން އަދި ހެނދުނު 6:00އާ ދެމެދު އޭނާ ބޭރަށް ނުުކުތުން މަނާ ކަމަށެވެ. އަދި ހައި ކޯޓުގެ އަމުރުގައި ބުނީ އޭނާ އަށް ރާއްޖެ އިން ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށެވެ.
އަމީނަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ.
ނަމަވެސް އޭނާ ހިންގަން ރޭވީ ޓެރަރިޒަމުގެ ކޮން އަމަލެއް ކަމެއް ދައުލަތަކުން އަދި ނުބުނެ އެވެ.
އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައި ކޯޓުން ބުރަާސްފަތި ދުވަހު ބާތިލުކޮށް، އޭނާ ވަނީ މިނިވަންކޮށްފަ އެވެ. ހައި ކޯޓުން އޭނާ މިނިވަން ކުރީ ދައުވާކުރަން ކަނޑައެޅި މުއްދަތުގައި ދައުވާ ނުކުރެވުމުގެ ސަަބަބުން ކަމަށް ބުނެ އެވެ.
ނަމަވެސް ޕީޖީ ވަނީ ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ބުނީ ކީކޭ؟- ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގުގައި ޝާއިއުކުރި ލިއުމެއްގައި އޭނާ ވިދާޅުވީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ)ގެ އިބާރާތް ފެށިފައި އޮތީ "މި މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން" ކަމަށެވެ. އެހެންވެ، އެހެން ކަންކަން ހިންގަން އެ މާއްދާ "ހުރަސް ނާޅާ"ކަން އެނގޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެ ޖުމްލައިގައި ބުނަނީ، ޖިނާއީ އިޖުރާއަތަށް އަމަލުކުރަން ފަށައިފި ނަމަ، ދެން އޭގެ ފަހުން އަމަލުކުރަން ޖެހޭނީ ޖިނާއީ އިޖުރާއަތަށް ކަމަށެވެ. ނަމަވެސް، އެއީ ހަމައެކަނި ބަންދާ ގުޅޭ ކަންކަމުގަ އެވެ. މިވާހަކަ އޮތީ ބަންދާ ގުޅޭ ވާހަކަ އޮތް މާއްދާގަ އެވެ. މިވާހަކަ، ދައުވާކުރުމުގެ މުއްދަތާ ގުޅޭ މާއްދާގައި ތަކުރާރުވެފައެއް ނެތެވެ. ހަވާލާއެއް ދީފައެއް ވެސް ނެތެވެ. އެހެންކަމުން، ބަންދުކުރުމާއި ދައުވާކުރުމުގެ މުއްދަތާ، މި ގާނޫނުގައި ގުޅުމެއް ނެތްކަން އެނގެ އެވެ،" ޝަމީމް ލިޔުއްވާފައިވެ އެވެ.
ފަސްމަންޒަރު- އަމީން އަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ގޮއްވާލި ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރު އެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށް ފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019 ވަނަ އަހަރު އެވެ.