ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން): އޭނާ ކަމަށް ބުނާ މީހެއްގެ ބަރަހަނާ ފޮޓޯއެއް ވަނީ ލީކުކޮށްލާފައި. (ދައުރު ފައިލް ފޮޓޮ/ އަބްދުﷲ އަނުފް ޖުނައިދު)

މެމްބަރު ހުސެއިން ކަމަށް ބުނެ ލީކު ކުރި ފޮޓޯގެ މައްސަަލަ ފުލުހުންގެ ސަމާލުކަމަށް

ހުސެއިން ކަމަށް ބުނާ މީހެއްގެ ފޮޓޯ ލީކުކޮށްލާފައި ވާއިރު، ވަކީލު ނާޒިމް ސަައްތާރު ކަމަށް ބުނާ މީހެއްގެ ވީޑިއޯއެއް ލީކުވެ، ފުލުހުން ދަނީ އެ މައްސަލަ ބަލަމުން

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބުނެ ލީކު ކުރި ބަރަހަނާ މަންޒަރު ފެންނަ ފޮޓޯގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ މުއައްސަސާ އިން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ހުސެއިން ކަމަށް ބުނާ މީހަކާއި އެހެން ފިރިހެނަކާއި އަންހެނަކު އެއް އެނދެއްގައި ބަރަހަނާ ހާލުގައި ތިބި ކަމަށް ބެލެވޭ ފޮޓޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވެ އެވެ.

ވީ ކިހިނެއް؟ - ހުސެއިން ކަމަށް ބުނާ މީހަކާއި އިތުރު ބަޔަކު ބަރަނާކޮށް އެނދެއްގެ މަތީގައި ތިބި ފޮޓޯއެއް އާންމުވެފައިވާކަން ފާހަގަކޮށް، އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭތޯ ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު އިއްޔެ ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން މިއަދު ބުނެފައި ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންނަމަވެސް، އެ މައްސަލަ ތަހުގީގު ކުރާ ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ. ފުލުހުން ބުނެފައި ވަނީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހުސެއިންގެ ބަހެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

އެނގުން މުހިންމު - ހުސެއިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިއްޔެ ފޮޓޯއެއް ލީކުކޮށްފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ވެސް އިއްޔެ ވަނީ ލީކުކޮށްލައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ރޭ ނާޒިމް ފުލުހަށް ހާޒިރުކޮށްފައި ވާއިރު، އޭނާއަށް ފުރައިގެން ނުދެވޭ ގޮތަށް ވަނީ ޕާސްޕޯޓު ވެސް ހިފަހައްޓައިފަ އެވެ. ނާޒިމް ވަނީ އޭނާއަށް ކުރާ ހުރިހާ ތުހުމަތެއް ދޮގުކުރައްވައިފަ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

އަނދުން

25 ޖޫން 2022
ވައްތަރެއް ވެސް ނޫން ދޯ ހުސެން އަކާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް