އެމްއެޗްއޭ އިން ރާއްޖޭގެ ބާޒާރަށް ތައާރަފު ކުރި އައިސްކްރީމް ފްލޭވާތައް

އެމްއެޗުއޭ

ްއެމްއެޗްއޭ އިން ލަންޑަން ޑެއިރީ އައިސްކްރީމްގެ އާ ފްލޭވާތަކެއް ތައާރަފްކޮށްފި

މިއީ ވެސް ދިވެހިންނަށް ކަމުދާނެ މީރު ރަހަތަކަކަށް ވާނެ ކަމަށް އެމްއެޗްއޭ އިން ބުނި

ދިވެހިންގެ މެދުގައި މަގުބޫލު ލަންޑަން ޑެއިރީ ބްރޭންޑުގެ އައިސްކްރީމް އާއި ސޯބޭގެ އާ ރަހަތަކެއް އެމްއެޗްއޭ އިން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

ތަފްސީލް - ލަންޑަން ޑެއިރީ ބްރޭންޑުގެ އައިސްކްރީމް ރާއްޖެ އަށް އެތެރެކޮށް ވިއްކާ އެމްއެޗްއޭ އިން ބުނީ ދެކުނު އޭޝިއާ އާއި ދެކުނު އެފްރިކާ އަދި ޖީސީސީގެ ގައުމުތަކުގައި މަގުބޫލު މި ޕްރިމިއަމް ބްރޭންޑުގެ އައިސްކްރީމުގެ ގިނަ ފްލޭވާތަކެއް އެ ފިހާރައިން މިހާރު ވެސް ލިބޭނެ ކަމަށެވެ.

އެމްއެޗްއޭ އިން ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފު ކުރީ ލަންޑަން ޑެއިރީގެ:

  • ސްޓްރޯބެރީ އަދި ޗޮކްލެޓް ފްލޭވާގެ ކޯން

  • ބެރީސް އެންޑް ކްރީމް ސްޓިކްސް

  • ވައިލްޑް އާމަންޑް ސްޓިކްސް

  • މެންގޯ އެންޑް ސްޓްރޯބެރީ ސޯބޭ

މި ރަހަތައް އެމްއެޗްއޭގެ ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަކުން މިހާރު ގަންނަން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބުނީ ކީކޭ؟ - އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހުމަދު ވިދާޅުވީ، ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި އައިސްކްރީމް އެތެރެކޮށް ވިއްކާ ކުންފުނީގެ ހައިސިއްޔަތުން އެމްއެޗްއޭ އިން އެންމެ އިސްކަންދެނީ ރަހަމީރު ކޮލެޓީ ރަނގަޅު އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފު ކުރި ލަންޑަން ޑެއިރީ ފްލޭވާތަކަކީ ވެސް ދިވެހިންނަށް ކަމުދާނެ މީރު ރަހަތަކަކަށް ވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް، އާ ރަހަތުގެ ޕްރިމިއަމް އައިސްކްރީމް ރާއްޖެއަށް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް