'ތްރޫ ދަ އައިޒް އޮފް ވެން ގޯ' މައުރަޒުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އާޓް

'ތްރޫ ދަ އައިޒް އޮފް ވެން ގޯ': ރާއްޖެ އާއި ބޭރުގެ އާޓިސްޓުންގެ މޮޅު ކުރެހުންތަކެއް

ރާއްޖެ އާއި ބޭރުގެ އެކި ގައުމުތަކުގެ އާޓިސްޓުން ބައިވެރިވާ މި މައުރަޒުގައި ދައްކާލަނީ މަޝްހޫރު އާޓިސްޓު ވެން ގޯގެ މަސައްކަތްތަކުން ހިޔާލު ހޯދައިގެން ކުރަހާފައިވާ ކުރެހުންތައް

މިދިޔަ ބުދަ ދުވަހު ނެޝަނަލް އާޓް ގެލެރީގައި ހުޅުވާލި ކުރެހުމުގެ މައުރަޒު 'ތްރޫ ދަ އައިޒް އޮފް ވެން ގޯ' އަކީ ފަހުގެ ނަން މަޝްހޫރު އާޓް ފިހާރަ، 'މިއުޒް' އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މައުރަޒެކެވެ. މިއީ 'މިއުޒް'ގެ ފުރަތަމަ ބައިނަލްއަގްވާމީ ކުރެހުމުގެ މައުރަޒެވެ.

މި މައުރަޒުގައި ދައްކާލަނީ 'މިއުޒް' އިން ބޭއްވި ކުރެހުމުގެ މުބާރާތަކުން ހޮވުނު ކުރެހުންތަކެކެވެ. 'މިއުޒް' ފިހާރައިގެ ވެރިޔާ އަހްމަދު އަޒްމީ (ބާޗީ) ބުނި ގޮތުގައި، އެ މުބާރާތަށް ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 ވަރަކަށް ކުރެހުން ހުށަހެޅި އެވެ. އޭގެ ތެރެއިން 80 ވަރަކަށް ކުރެހުން މި މައުރަޒުގައި ދައްކާލަން ހޮވި އެވެ.

  • 'ތްރޫ ދަ އައިޒް އޮފް ވެން ގޯ' މައުރަޒުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ތްރޫ ދަ އައިޒް އޮފް ވެން ގޯ' މައުރަޒުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ތްރޫ ދަ އައިޒް އޮފް ވެން ގޯ' މައުރަޒުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މައުރަޒު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެކި ވަނަތަކަށް ދިޔަ ކުރެހުންތަކަށް ފައިސާގެ އިނާމު ވެސް ހަވާލު ކުރި އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫނެވެ.

'ތްރޫ ދަ އައިޒް އޮފް ވެން ގޯ' އަކީ ނެދަލެންޑްސްއަށް އުފަން މަޝްހޫރު އާޓިސްޓު، ވެން ގޯގެ ޕޯސްޓް އިމްޕްރެޝަނިސްޓު މަސައްކަތްތައި އޭނަގެ ހަޔާތުގެ ތަޖުރިބާ އިން ހިޔާލު ހޯދައިގެން ތައްޔާރުކޮށްފައިވާ ކުރެހުންތަކެއް  ދައްކާލާ މައުރަޒެކެވެ. މި މައުރަޒުގައި އިނގިރޭސިވިލާތް، އެމެރިކާ، އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝްގެ ކުރެހުންތެރިންގެ މަސައްކަތް ދައްކާލަ އެވެ. އެކަމަކު އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ކާމިޔާބު ކުރީ ދިވެހިންނެވެ. އެއީ:

  • އެއް ވަނަ - އަލީ އާޒިމް (20،000ރ.ގެ އިނާމް)

  • ދެ ވަނަ - މަރިއަމް ޔުމްނު އަހްމަދު ހާލިދު (10،000ރ.ގެ އިނާމް)

  • ތިން ވަނަ - ޒޯޔާ އުމަރު (މިއުޒްގެ ވައުޗާއެއް)

  • 'ތްރޫ ދަ އައިޒް އޮފް ވެން ގޯ' މައުރަޒުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ތްރޫ ދަ އައިޒް އޮފް ވެން ގޯ' މައުރަޒުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ތްރޫ ދަ އައިޒް އޮފް ވެން ގޯ' މައުރަޒުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ތްރޫ ދަ އައިޒް އޮފް ވެން ގޯ' މައުރަޒުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އޭގެ އިތުރުން، މައުރަޒުން ހޮވުނު އެންމެ މޮޅު 10 ކުރެހުމަށް ހަނދާނީ ސެޓްފިކެޓާއި 'މިއުޒް'ގެ ވައުޗަރެއް ވެސް ދިނެވެ.

މި މައުރަޒުގައި، އެކި ޒާތުގެ މީޑިއަމް ބޭނުންކޮށްގެން ކުރަހާފައި ހުރި ކުރެހުންތަކާއި އާޓް އިންސްޓޮލޭޝަންތައް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން އެއް ކުރެހުމުގައި، އާޓިސްޓު ވެން ގޯގެ 'ސްޓަރީ ނައިޓް' ކޮންސެޕްޓުން ހިޔާލު ހޯދައިގެން ސިނަމާލެ ބްރިޖް އެ ސްޓައިލަށް ކުރަހާފައިވެ އެވެ. އަދި ވޭން ގޯ ދިރިއުޅުނު ކޮޓަރީގެ މިނިއެޗާ މޮޑެލްއެއް އެއް އާޓިސްޓަކު ތައްޔާރުކޮށްފައިވެ އެވެ.

ކޮންމެ މަސައްކަތެއް ވެސް އޭގެ ޒާތުގައި ވަރަށް ތަފާތެވެ. އަދި ބޭރު ގައުމުތަކުން ބައިވެރިކުރި ކުރެހުންތައް ހުށަހަޅާފައި ހުރީ ޑިޖިޓަލް ޕްރިންޓެއްގެ ގޮތުގަ އެވެ.

  • 'ތްރޫ ދަ އައިޒް އޮފް ވެން ގޯ' މައުރަޒުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ތްރޫ ދަ އައިޒް އޮފް ވެން ގޯ' މައުރަޒުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ތްރޫ ދަ އައިޒް އޮފް ވެން ގޯ' މައުރަޒުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • 'ތްރޫ ދަ އައިޒް އޮފް ވެން ގޯ' މައުރަޒުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މާދަމާގެ ނިޔަލަށް ނެޝަނަލް އާޓް ގެލެރީގައި ކުރިއަށް ގެންދާ މި މައުރަޒުގެ ބައެއް ސްޕޮންސަރުންގެ ތެރޭގައި އުރީދޫ މޯލްޑިވްސް، ފެނަކަ ކޯޕަރޭޝަން، ތިންކް މޯލްޑިވްސް އަދި ނެޝަނަލް ސެންޓާ ފޮ އާޓްސް (އެންސީއޭ) ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް