އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވޯޓުލައްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ރައީސް ކުރި ހޯދީ އާދަޔާ ހިލާފަށް ވޯޓުލާފައިވާ މަދު ފޮށިތަކަކުން: ނަޝީދުގެ ޓީމު

ނަޝީދުގެ ކެމްޕެއިން ޓީމުން ބުނީ ނަތީޖާ ޝީޓުތައް ބަލަމުން އަންނަ ކަމަށް

މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރި ހޯއްދެވީ، އާދަޔާ ހިލާފަށް ގިނައިން ވޯޓުލާފައިވާ މަދު ފޮށިތަކަކުން ކަމަށް، އެ އިންތިހާބުގައި ދެން ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އެތެރޭގެ އިންތިހާބު މިއަދު ނިމުނު އިރު، ރައީސް ސޯލިހު ބޮޑު ތަފާތަކުން ވަނީ ކުރި ހޯއްދަވާފަ އެވެ. އެގޮތުން، މިހާތަނަށް ގުނި ވޯޓުފޮށިތަކަށް ބަލާއިރު، 15،000އަށް ވުރެ ގިނަ ވޯޓު އެ މަނިކުފާނު ހޯއްދެވި އެވެ. 

ބުނީ ކީކޭ؟ - ނަޝީދުގެ ކެމްޕެއިން ޓީމުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ނަޝީޖާ ޝީޓުތައް ރަނގަޅަށް ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އެނގުން މުހިންމު - މިހާރު ލިބިފައިވާ ނަތީޖާ އެކު، ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރުކުރައްވާފަ އެވެ.

'ދައުރު'އަށް މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި:

  • ޕްރައިމަރީގައި ވޯޓްލީ މީހުންގެ ދެބައިކުޅަ އެއްބައި ވޯޓު މިހާރު ގުނާފައިވޭ

  • އޭގެ ތެރެއިން ރައީސް ސޯލިހަށް ވަނީ 20،145 ވޯޓު ލިބިވަޑައިގެންފައި؛ އެއީ %61

  • ވާދަވެރި ކެންޑިޑޭޓް ނަޝީދަށް ލިބިވަޑައިގަތީ 12،679 ވޯޓު؛ އެއީ %38

ވާދަވެރި މި އިންތިހާބު ނިމުނީ، ހިޔާލު ތަފާތުވުމާއި ހަމަނުޖެހުންތަކާ އެކު އެވެ. ބައެއް ރަށްތަކުގައި ބަހައްޓާފައި ހުރި ވޯޓުފޮށި ފަޅާލައި ވޯޓުތައް އުކާލި އެވެ. އަދިި ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނަ މީހުން ބައެއް ފޮށިތަކަށް ވޯޓުލީ ކަމުގެ ޝަކުވާ ވެސް ކުރި އެވެ.

ކޮމެންޓް (1)

ތެފައާސާ.

29 ޖެނުއަރީ 2023
މިކަހަލަ ޚަބަރު ލިޔާއިރު މީގެ ހަގީގަތްވެސް ކިއުންތެރިންނަށް އެނގޭނެގޮތަށް ފެކްޓް ޗެކްކޮށްލާފައި ލިޔުން މުހިންމުކަމަށް ދެކެން. ވަކިވަކި ފޮށިތަކުގެ ނަތީޖާ އެހެރީ އެންމެންނަށްވެސް ފެންނަން. 244 ފޮށީގެ ތެރެއިން 200 ފޮށިން ކުރިހޯދީ އިބޫ، އަންނިއަށް ކުރިލިބުނީ 44 ފޮށިން. ދެން 244 ފޮށީގެ ތެރެއިން 200 ފޮށި އެއީ މަދު އަދަދުކަމަށް ވެއްޖެއްޔާ އިތުރަށް ބުނާނެ އެއްޗެއް ނެތް..
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް