ހެލްތު މިނިސްޓަރު އަހްމަދު ނަސީމް (ފޮޓޯ/ ހެލްތު މިނިސްޓްރީ)

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް ދިގު ދަންމައިފި

މިއީ، މި ހާލަތު އިތުރު ކުރާ 23 ވަނަ ފަހަރު

އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 23 ވަނަ ފަހަރަށް އިތުރުކޮށް، އެ ހާލަތު އަންނަ މަހުގެ ނިޔަލަށް ދަންމާލައިފި އެވެ.

ފެށުން - ކޮވިޑް ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނުކުރީ 12 މާޗު 2020ގަ އެވެ. މަހަކަށް އިއުލާނުކުރާ އެ ހާލަތު، އާންމު އުސޫލުގެ ދަށުން ކޮންމެ މަހަކު އިތުރުކުރަމުން އައިސް، އެންމެ ފަހުން އިތުރު ކުރި މުއްދަތު ހަމަަވީ އިއްޔެގެ ނިޔަލަށެވެ.

ވީ ކިހިނެއް؟ - އެ ހާލަތު އިތުރުކުރުމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ބުނީ، އަންނަ މަހު 28އާ ޖެހެންދެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލާފައިވާ ކަމަށެވެ.

މުއްދަތު ދިގު ދަންމާލި ސަބަބަކީ އެ ގަރާރުގައިވާ ގޮތުން ކޮވިޑުގެ ނުރައްކާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އަދިވެސް އޮތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އެގޮތަށް ލަފާ ދެއްވާތީ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތައް:

  • ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުން

  • މީހުން އެއްވެ އުޅުން މަނާކުރަން އަމުރު ނެރުން

  • ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން އެއްވެއުޅުމާއި ތަންތަނަށް ދިއުން މަނާކުރުމުގެ އަމުރު ނެރުން

  • ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރުކުރުން ހުއްޓުވުން ނުވަތަ ހާއްސަ ފިޔަވަޅުތަކެއް އެޅުން

  • ސަބަބު ބަޔާން ކޮށްދިނުމަށް ފަހު މީހެއްގެ އިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހަމަޖެއްސުން

ރާއްޖޭގެ ކޮވިޑުގެ ހާލަތު:

  • 125،500 - މިހާތަނަށް ބަލި ޖެހުނު މީހުން

  • 2813 - އިއްޔެ އެކަނި ޕޮޒިޓިވްވީ މީހުން. މާލޭން 1،273 އަދި ރަށްރަށުން 974 މީހުން

  • އެޗްޕީއޭއިން ލަފާ ކުރަނީ އޮމިކްރޯންގެ ރާޅުގައި ދުވާލަކު 4،000-6،000 މީހުން ޕޮޒިޓިވްވެދާނެކަމަށް

  • 16600 - ބަލި ޖެހި ފަރުވާދޭ މީހުންގެ އަދަދު

  • 57 - ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެނީ

  • 272 - ކޮވިޑުގައި މަރުވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް