ގުޅީފަޅު މަތިން ނަގާފައިވާ ފޮޓޯއެއް. އެތަނުގެ ކައިރިއަށް ބޯވަ ހިފަން ފޭބި 21 އަހަރުގެ ދިވެއްސެއް ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުން (ފޮޓޯ/އޯޝަނޮހޯލިކްމޯލްޑިވްސް)

ބޯވަ ހިފަން ފޭބި 21 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

31 ޑިސެމްބަރު 2021

މިއަދު ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ތަފްސީލު - އެމްއެންޑީއެފްއިން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ 21 އަހަރުގެ މީހެއް ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުމީ މިއަދު ހެނދުނު 8:58 ހާއިރު އެވެ.

އެމްއެންޑީއެފްއިން ބުނީ ގުޅީފަޅުގެ ހުޅަނގު ދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް އޭނާ އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް، ހުޅަނގަށް ވާ ގޮތަށް ކަމަށެވެ.

އެންމެ ފަހުން އޭނާ ލައިގެން ހުރި ކަމަށް، އެމްއެންޑީއެފްއަށް އެނގިފައިވަނީ، އަޅި ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެކެވެ. އޭނާ މޫދާ ފޭބި އިރު އަޅައިގެން ހުރީ ނޫ ކުލައިގެ މާސްކެކެވެ.

އެ މީހާ ހޯދުމުގެ މަސައްކަތުގައި ކޯސްޓް ގާޑުގެ ޑައިވަރުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މަސް ހިފަން ފީނުމުގެ ތެރޭގައި މަރުވުމުގެ ހިތާމަވެރި ހާދިސާތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ދޭތެރެ ދޭތެރެއިން ހިނގަ އެވެ. ބައެއް މީހުން މަރުވަނީ ފުޅި ނާޅާ މާ ފުނަށް ފީނުމުން ދިމާވާ ހާދިސާތަކުގަ އެވެ. އަދި އެކަނި މޫދަށް ގޮސް އުޅެނިކޮށް ވެސް މަރުވުމުގެ ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް