އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި އާޒިމް މައިކް ހިއްޕަވައިގެން ހިންގަވަނީ: އޭނާގެ ވާހަކަ ހުއްޓާނުލެއްވުމުން ފަސް ވަރަކަށް މިނިޓަށް އަޑުގަދަކުރުން ކުރިއަށް ދިޔަ

އެމްޑީޕީ

އާޒިމް މައިކް ނުދެއްވި، އެމްޑީޕީ ގައުމީ މަޖިލިހުގެ ޖަލްސާ ހޫނުވެއްޖެ

ފަސް ވަރަކަށް މިނިޓް އޮތީ ހަޅޭއްލެވުމާއި މޭޒުގައި އަތުން ތަޅައި، އަޑުގަދަކުރުން
8 މާރިޗު 2022

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ރޯދައިގެ ފަހަށް ފަސްކުރަން، ފައްޔާޒު އިސްމާއީލް ހުށައެޅުއްވި މައްސަލައާ ގުޅިގެން މިހާރު ކުރިއަށް ގެންދާ ކުއްލި ޖަލްސާގައި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ލިބިވަޑައިގެންނެވި ވަގުތުކޮޅުގައި ވާހަކަ ހުއްޓާނުލައްވައި އަދި މައިކް ނުދެއްވުމުން، ޖަލްސާ ހޫނުވެ، އަރައިރުންގަނޑަކަށް ބަދަލުވެއްޖެ އެވެ.

ފަސްމަންޒަރު - އެމްޑީޕީގެ އެތެރޭގައި ބޮޑު ހަމަނުޖެހުންގަނޑެއް އުފެދިގެން މި އުޅެނީ ޕާޓިގެ ޗެއާޕާސަންގެ މަގާމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވާދަކުރައްވަން ނުކުންނެވުމުންނެވެ. ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތް ކެންޑިޑޭޓްކަމަށް ގަބޫލުކުރެވޭ އިރު އިމްތިޔާޒުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މިރޭގެ ޖަލްސާގެ ތެރެއިން

ވީ ކިހިނެއް؟ - ކުރިން ގައުމީ މަޖިލިހުން ނިންމާފައި އޮތީ 16 އެޕްރީލްގައި އިންތިހާބު ބާއްވާށެވެ. އެކަމަކު ފަހުން ފައްޔާޒުގެ ފަރާތުން ވަނީ އެއީ ރޯދަމަސް ކަމަށް ވުމުން، ރޯދައިގެ ފަހަށް އިންތިހާބު ފަސްކޮށްދޭށް އެދިފަ އެވެ. އިމްތިޔާޒުގެ ފަޅިން އެކަމަށް ގެންދަނީ ދެކޮޅުހަދަމުންނެވެ.

ތަފްސީލް - މިރޭގެ ޖަލްސާގައި ފުރަތަމަ ވާހަކަ ދެއްކެވީ އިމްތިޔާޒެވެ. އޭނާގެ ފަހުން އާޒިމް ވާހަކަ ފައްޓަވައި، އޭނާއަށް ދިން ވަގުތު ހަމަވުމުން ވެސް ވާހަކަ ކުރިއަށް ގެންދެވި އެވެ. އަދި އިންތިހާބު ފަސްކުރަން އުޅެނީ ނުފޫޒު ފޯރުވަން ކަމަށް ތުހުމަތުކުރެއްވި އެވެ. އޭނާ ވާހަކަ ހުއްޓާނުލައްވައި އަދި މައިކް ވެސް ދެއްވަން ދެކޮޅު ހެއްދެވުމުން، ފައްޔާޒަށް ސަޕޯޓްކުރައްވާ މެމްބަރުން ހަޅޭއްލަވައި، މޭޒުގައި ތަޅާ ހެދި އެވެ.

އާޒިމް އަލުން މައިކް ދެއްވީ ގާތްގަނޑަކަށް ފަސް ވަރަކަށް މިނިޓް ފަހުންނެވެ. މިހާރު ޖަލްސާ އަނެއްކާ ކުރިއަށް އެބަ ދެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން މިރޭ އަރައިރުމުގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް