މާލޭގައި އުޅަނދުތަކެއް ދުއްވާފައި ދަނީ. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ލައިސަންސް ދޫކުރުން ހަފުތާއަކަށް މެދުކަނޑާލައިފި

ލައިސަންސް ދޫކުރުން މަޑުޖައްސާލީ ސޮފްޓްވެއާ އަޕްގްރޭޑެއް ކުރާތީ ކަމަށް މިނިސްޓްރީން ބުނި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން، ހަފްތާއެއްހާ ދުވަހަށް މަޑުޖައްސާލައިފި މިއަދު އެވެ.

ވީ ކިހިނެއް؟ - ޓްރާންސްޕޯޓު މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ލައިސަންސް ދޫކުރުން މަޑުޖައްސާލީ ސޮފްޓްވެއާ އަޕްގްރޭޑަކާ އެކު ކުރަން ޖެހޭ މައުލޫމާތު މައިގްރޭޝަންގެ މަސައްކަތެއް ނިންމުމަށް ކަމަށެވެ.

ތަފްސީލް - އެ މިނިސްޓްރީން ބުނީ:

  • މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަކަމާ އެކު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަލަށް ތައްޔާރުކުރި ސޮފްޓްވެއާގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތްކުރުމަށް ޑޭޓާ މަައިގްރޭޝަންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް

  • އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސް ދޫކުރުމުގެ ހުރިހާ ހިދުމަތެއް މެދުކަނޑާލާފައިވާ ކަމަށް

އެ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުންކޮށްގެން އަންނަ މަހުގެ 14ގެ ނިޔަލަށް އުޅަނދު ދުއްވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް (1)

ގާއްޓެ

29 ޖެނުއަރީ 2023
މާގިނައިން ދޫކުރެވުނީ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް