ބީއެމްއެލްގެ ހިންގުން ހަވާލުކުރި އައިޝަތު ނޫރައްދީން: އޭނާ ބޭންކުގައި ހިދުމަތް ކުރައްވާތާ 40 އަހަރު. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް ހިންގަން އައިޝަތު ނޫރައްދީން

ބޭންކުގެ ސީއީއޯއަކަށް ހުންނެވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޓިމް ސޯޔާ އޭނާގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މިދިޔަ ޖޫން މަހު ވަނީ ވަކިވެވަޑައިގެންފައި
14 އޯގަސްޓު 2022
2

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިންގުން އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯއަކަށް ހުންނެވި އައިޝަތު ނޫރައްދީންއާ ހަވާލުކޮށްފި އެވެ. 

އެނގުން މުހިންމު - ބީއެމްއެލްގައި އެންމެ ގިނަ ދުވަސްވީ އެއް ބޭފުޅާ ކަމަށްވާ އައިޝަތު ނޫރައްދީންއާ އެ ބޭންކުގެ ހިންގުން ހަވާލުކުރީ ބޭންކުގެ ސީއީއޯއަކަށް ހުންނެވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޓިމް ސޯޔާ އޭނާގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މިދިޔަ ޖޫން މަހު މަގާމުން ވަކިވެވަޑައިގަތުމުންނެވެ. ޓިމް މަގާމާ ހަވާލުވެވަޑައިގަތީ 2019ގަ އެވެ.

ވީ ކިހިނެއް؟ - ޓިމް މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން:

  • ބީއެމްއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަދި ބޭންކުގެ އިންޗާޖުގެ މަގާމަށް އައިޝަތު ނޫރައްދީން ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ 14ގައި 

  •  މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން އައިޝަތު ނޫރައްދީން ވަނީ ބީއެމްއެލް ހިންގެވުމުގެ މަސްއޫލިއްޔަތު އުފުއްލަވާފައި 

  • ޓިމްގެ ކުރިން ހުންނެވި ސީއީއޯ އިސްތިއުފާ ދެއްވުމަށް ފަހު 2019ގައި ޓިމް ސީއީއޯއަކަށް ހަމަޖައްސަންދެން ވެސް ބީއެމްއެލް ހިންގެވީ އައިޝަތު ނޫރައްދީން

އައިޝަތު ނޫރައްދީން، ބީއެމްއެލްގެ ހަފްލާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ބީއެމްއެލް)

އައިޝަަތު ނޫރައްދީންގެ ތައާރަފެއް

  • ބީއެމްއެލްއާ ގުޅިވަޑައިގަތީ 1982ގައި؛ މިހާތަނަށް 40 އަހަރު ހިދުމަތް ކުރައްވައިފި

  • ބީއެމްއެލްގެ ބޯޑްގައި ޑިރެކްޓަރެއްގެ ގޮތުގައި ހަ އަހަރު ހިދުމަތް ކުރެއްވި

  • ބީއެމްއެލްގެ އިންޓަނޭޝަނަލް ބޭންކިން އުފެއްދުވުމުގައި އިސް ދައުރެއް އަދާކުރެއްވި

ފާހަގަކޮށްލެވޭ ކަމެއް - ބީއެމްއެލްއިން ގެންދަނީ އާ ސީއީއޯއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ މައި ބޭންކަށް ސީއީއޯއެއް ހޯދުމަށް މިދިޔަ ޖޫން މަހު އެ ބޭންކުން ވަނީ އިއުލާންކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ކިބައިގައި ބޭންކިން ދާއިރާގެ 15 އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ. އެއީ ތިން އަހަރު ދުވަހުގެ މަގާމެކެވެ.

ކޮމެންޓް (2)

ޖުނާނު

14 އޯގަސްޓު 2022
ގަދަ ބޭފުޅެއް. ތައުލީމީ ވަނަވަރު ވެސް ހިމަނާލި ނަމަ ވަރަށް ފުރިހަމަ ވީސް
1 0

ނަށީދު

14 އޯގަސްޓު 2022
@ޖުނާނު މަނިކު އާއިލާ ވުން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް