ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި އެޅުމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. (ފޮޓޯ/އެޗްޑީސީ)

ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅަނީ

އެ އިމާރާތް އަޅަން ހައްޖު ކޯޕަރޭޝަނަށް އެޗްޑީސީން ދީފައި ވަނީ އަމީން އެވެނިއު އޯކް ކުރިމަތިން އޮންނަ 5،000 އެއްހާ އަކަފޫޓުގެ ބިމެއް

ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި އޮފީސް އިމާރާތެއް އެޅުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ހައްޖު ކޯޕަރޭޝަނުން އޮފީސް އިމާރާތެއް އެޅުމަށް ބޭނުންވާ ބިން އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން:

  • އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު 

  • ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު

ތަފްސީލް - ހައްޖު ކޯޕަރޭޝަންގެ އެމްޑީ އިސްމާއިލް ހަމީދު މިއަދު 'ދައުރު'އަށް ވިދާޅުވީ އެ ކުންފުނިން ހަދަން ނިންމާފައި ވަނީ:

  • އަށް ބުރީގެ އޮފީސް އިމާރާތެއް 

  • އެ އިމާރާތް އަޅަން ހައްޖު ކޯޕަރޭޝަނަށް އެޗްޑީސީން ދީފައި ވަނީ އަމީން އެވެނިއު އޯކް ކުރިމަތިން އޮންނަ 5،000 އެއްހާ އަކަފޫޓުގެ ބިމެއް

ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި އެޅުމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ. (ފޮޓޯ/އެޗްޑީސީ)

ބުނީ ކީކޭ؟ - އިސްމާއިލް ހަމީދު ވިދާޅުވީ އެ ކުންފުނިން ހަދާ އަށް ބުރީގެ އިމާރާތުން އެ ކުންފުނީގެ އޮފީސް ހިންގުމަށް ޖާގަ ނެގުމަށް ފަހު ދެން ހުރި ބައިތައް ދޫކުރާނީ ކުއްޔަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަހުމަދު ހަމީދު ވިދާޅުވި ގޮތުގައި، އެ އިމާރާތް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ އެވެ.

"ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް ކަމަށް އަޅުގަނޑުމެންނަށް ވިސްނޭތީ މިކަން މިކުރަން ނިންމީ،" އިސްމާއިލް ހަމީދު ވިދާޅުވި އެވެ.

މިހާރު ކުރިއަށް ދަނީ އިމާރާތް ޑިޒައިންކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިމާރާތް ހެދުމަށް ހިނގާނެ ހަރަދު އެނގޭނީ ޑިޒައިނިން މަސައްކަތް ނިމުމުންނެވެ.

ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް ކަމަށް އަޅުގަނޑުމެންނަށް ވިސްނޭތީ މިކަން މިކުރަން ނިންމީ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު

ހައްޖު ކޯޕަރޭޝަންގެ މާލީ ހާލަތު: 

  • ކޮވިޑާ ހެދި ހައްޖަށް ނުގެންދެވޭތީ މިދިޔަ ދެ އަހަރު އެ ކުންފުންޏަށް އާމްދަނީ ލިބުނީ ވަރަށް މަދުން

  • ގިނަ މަސް މަހު އެއްވެސް ވަރަކަށް އާމްދަނީއެއް ނުލިބޭ؛ އާމްދަނީ ލިބެނީ އިންވެސްޓްކޮށްފައި ހުންނަ ފައިސާ އިން

  • މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާވީ 527،341ރ. 

ނަމަވެސް މި އަހަރުން ފެށިގެން ހައްޖާއި އުމްރާއަށް މީހުން ގެންދެވެން ފެށުމުން އަނެއްކާ އެ ކުންފުނީގެ މާލީ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް