ވެލިގާ އެފްޕީއެލް 21/22ގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރަނީ. (ފޮޓޯ/ވެލިގާ)

ވެލިގާ ހާޑްވެއާ

ވެލިގާ އެފްޕީއެލް: ވަނަތަކަށް ހޮވުނު ފަރާތްތައް ހޮވައި އަގުހުރި އިނާމުތަކެއް ދީފި

އެންމެ މޮޅު ތިން ބައިވެރިންގެ އިތުރުން ނަސީބުވެރި 10 ބައިވެރިންނަށް ވެސް އިނާމު ދިން

ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ވެލިގާއިން 21/22 އަހަރުގެ ފުޓުބޯޅަ ސީޒަނާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ފެންޓަސީ ޕްރިމިއާ ލީގުގެ ވަނަތައް ހޯދި ފަރާތްތަކަށް އިއްޔެ އިނާމު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - 'ވެލިގާ އެފްޕީއެލް 2021/22'ގެ ނަމުގައި ކުރިއަށް ގެންދިޔައީ ހުރިހާ ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ މަސައްކަތްތެރިންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ. އަދި ކޮންމެ މަހަކު ވެސް އެއްވަނައަށް ހޮވުނު މެނޭޖަރަކަށް އޮރިޖިނަލް ޖޯޒީ އަކާއި ގިފްޓް ހެމްޕާ އެއް ދީފައިވެ އެވެ.

ތަފްސީލް - އެ މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފައި ވަނީ އިއްޔެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ. ނަސީބުވެރިންނަށް ފައިސާގެ އިނާމާއި އަގުހުރި އިނާމުތަކެއް ވަނީ ދީފަ އެވެ.

ނަސީބުވެރިން: 

  • 1 ވަނަ: ލިޒާން އަހުމަދު / 30,000ރ.

  • 2 ވަނަ: އަބްދުالله ވަހީދު / 20,000ރ.

  • 3 ވަނަ: އަލީ ނާހިދު / ޕްލޭސްޓޭޟަން 5

އޭގެ އިތުރުން، ނަސީބުވެރި އިތުރު 10 ފަރާތް ހޮވައި އެފަރާތްތަކަށް ވަނީ އޮރިޖިނަލް ޖޯޒީ އަކާއި 2,000ރ.ގެ ފައިސާގެ އިނާމެއް ދީފަ އެވެ. އެ ފަރާތްތަކަކީ:

  • މާއިން އަހުމަދު 

  • ޒަފީރު އަބުދުالله 

  • އަހުމަދު ހުމައިދު 

  • އަބްދުالله އަލީމް 

  • ސަމާހު ހަސަން 

  • މާހިދު މުހައްމަދު 

  • ހުސައިން ލޫތު 

  • އަބްދުالله ޝަރީފު 

  • އަހުމަދު ސިމާޒު

  • ވެލިގާ އެފްޕީއެލް 21/22 ގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރަނީ (ފޮޓޯ/ވެލިގާ)
  • ވެލިގާ އެފްޕީއެލް 21/22 ގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރަނީ (ފޮޓޯ/ވެލިގާ)
  • ވެލިގާ އެފްޕީއެލް 21/22 ގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރަނީ (ފޮޓޯ/ވެލިގާ)

ބުނީ ކީކޭ؟ - ވެލިގާއިން ބުނީ އެ ލީގަށް އެސްއެފްއެން ރާއްޖޭގެ އެޕްޕީއެލް ކޮމިއުނިޓީގެ ވަރަށް ގިނަ ފަރާތަކެއް ބައިވެރިވެ ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. އެގޮތުން އެ ލީގުގައި 12،000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ވެލިގާއިން ބުންޏެވެ.

ކުރިއަށް އޮތް ސީޒަނުގެ އެފްޕީއެލް މުބާރާތް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެލިގާއިން ބުންޏެވެ.

ގުޅުންހުރި ކަމެއް - ކުލަބް ވެލިގާގެ ފަރާތުން ވެލިގާގެ ސްޓާފުންނަށް ކުރިއަށް ގެންދިޔަ ލީގުގެ އިނާމުތައް ވެސް އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ. ވެލިގާ ލީގުގެ ވަނަތަކަށް ހޮވުނު ފަރާތްތައް:

1 ވަނަ: މުހައްމަދު ހާޒިމް / ޕްލޭސްޓޭޟަން 5 

2 ވަނަ: ހަސަން މުއާޒު / ލެޕްޓޮޕް 

3 ވަނަ: އަމީމް / ކޮފީ މެޝިން 

4 ވަނަ: މުހައްމަދު ނަވާޒު / 1,500ރ.

5 ވަނަ: ޖަބީން ޒުބައިރު / 1,000ރ.

ކޮމެންޓް (1)

ޒަޔާން

18 ޖުލައި 2022
ޝުކުރިއްޔާ ވެލިގާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް