ފަންނުވެރިން

ސަމާހް އަހްމަދުގެ 'ޓުވާޑްސް ސޮލިޓުޑް' މައުރަޒުން ފާހަކޮށްލެވޭ 6 ކަމެއް

ސަމާހް އަހްމަދުގެ އެގްޒިބިޝަނަށް ހޫނު ތަރުހީބެއް ލިބިފައިވޭ
26 މާރިޗު 2022

މި މަހުގެ 18ގައި ނެޝަނަލް އާޓް ގެލެރީގައި ފެށި 'ޓުވާޑްސް ސޮލިޓުޑް' އަކީ އާޓިސްޓު ސަމާހު އަހްމަދުގެ ކުރެހުންތައް ދައްކައިދޭ މަރުރަޒެކެވެ. މިއީ އޭނާގެ ދެ ވަނަ ސޯލޯ އެގްޒިބިޝަނެވެ. ހޯމަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ މި އެގްޒިބިޝަނުގައި ދައްކާލަނީ ނޫ ކުލައިގެ ޝޭޑުތައް ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުންތަކެވެ.

ސަމާހު ހަމައެކަނި ނޫ ކުލަ ބޭނުންކޮށްގެން ކުރުހާތާ މިހާރު 20 އަހަރު ވެއްޖެ ކަމަށް، މައުރަޒުގައި ހިއްސާކޮށްފައިވާ އޭނާގެ ތައާރަފުގައިވެ އެވެ. އަދި 2009ގައި ރާއްޖޭގައި ބޭއްވި ފުރަތަމަ ސޯލޯ އެގްޒިބިޝަނުގައި ވެސްް ސަމާހު ބޭނުންކުރީ ނޫ ކުލަ އެވެ. މި ކުލަ ބޭނުންކުރާ އެއް ސަބަބަކީ ރާއްޖޭގެ ނޫ ކަނޑުތަކަށް އޮންނަ ލޯބި ކަމަށް ސަމާހު ބުންޏެވެ. 

މި މައުރަޒުގައި ބައިވެރިކޮށްފައި ވަނީ 25 ކުރެހުމެވެ. މިހާތަނަށް މައުރަޒަށް ފުދޭ ވަރެއްގެ ތަރުހީބު ލިބިފައިވާ ކަމަށް ސަމާހު ބުންޏެވެ. އޭގެ ސަބަބުން އިތުރު ހިތްވަރެއް ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ. ކުރިއަށް އޮތް ތާނގައި އަނެއްކާ ވެސް އޭނާގެ މަސައްކަތް ދައްކާލަން މައުރަޒެއް ބާއްވާނެ ކަމަށް ސަމާހު ބުންޏެވެ.

'ދައުރު'އާ އެކު މި ވީޑިއޯގައި ސަމާހުގެ މަސައްކަތާއި ތަޖުރިބާއާ ބެހޭ ގޮތުން ހަ ކަމެއް އޭނާ ހިއްސާކޮށްލި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް