ހުޅުމާލޭގައި ކޮވިޑަށް ޓެސްޓް ކުރާ ޗެކްޕޮއިންޓްއެއްގައި މިދިޔަ އަހަރުގެ ފަހުކޮޅު މީހަކު ޓެސްޓް ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކޮވިޑް-19

ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށަށް

މިދިޔަ ހަފްތާގައި މުޅި ރާއްޖެއިން ޕޮޒިޓިވްވީ 288 މީހުން
25 އޭޕްރީލު 2022

މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވީ 288 މީހުން ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެނގުން މުހިންމު - ކޮވިޑް ކޭސްތައް މަދުވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިިދިޔަ މަހު އުވާލުމާ އެކު މިހާރު ކޮވިޑުގެ ތަފާސްހިސާބުތައް އާންމު ކުރަނީ ހަފްތާއަކު އެއް ފަހަރު އެވެ.

ވީ ކިހިނެއް؟ - އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވި 288 މީހުންގެ ތެރޭގައި ހިމެނެނީ:

  • މާލެ ސަރަހައްދުން ޕޮޒިޓިވްވި 37 މީހުން

  • އަތޮޅުތެރެއިން ޕޮޒިޓިވްވި 205 މީހުން

ތަފްސީލް - އެއާ އެކު، ރާއްޖޭން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 179،171އަށް އަރައިފަ އެވެ. އޭގެ ތެރެއިން 298 މީހަކު ވަނީ މަރުވެފަ އެވެ.

މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ އޭގެ ކުރީ ހަފްތާއަށް ވުރެ ވަރަށް ބޮޑުތަން ދަށްވެފަ އެވެ.

އޭގެ ކުރީ ހަފްތާގެ ކޮވިޑް ނަންބަރުތައް:

  • ޖުމްލަ - 634 ކޭސް

  • މާލޭ ސަރަހައްދުން - 64 ކޭސް

  • އަތޮޅުތެރެއިން - 570 ކޭސް

ވެކްސިންގެ ތަފާސްހިސާބު:

ފުރަތަމަ ޑޯޒު - 398،579 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %88.03)

ދެ ވަނަ ޑޯޒު - 383،925 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %84.79)

ބޫސްޓާ ޑޯޒު - 158،566 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %35.02)

އިތުރު އާޓިކަލް

އިތުރު އާޓިކަލް