އެމްޑަބްލިއުއެސްސީން ރ. ދުވާފަރުގައި ގާއިމްކުރި 35 ކިލޯވޮޓްގެ ސޯލާ ސިސްޓަމް. (ފޮޓޯ/އެމްޑަބްލިއުއެސްސީ)

އެމްޑަބްލިއުއެސްސީން ރ. ދުވާފަރުގައި 35 ކިލޯވޮޓްގެ އިތުރު ސޯލާ ސިސްޓަމެއް ބަހައްޓައިފި

އަލަށް ހަރުކުރި ސިސްޓަމާ އެކު، އެމްޑަބްލިއުއެސްސީން އެ ރަށުގައި އިއާދަކުރަނިވި ހަކަތަ އިން ކަރަންޓު އުފައްދާ މިންވަރު ވަނީ ޖުމްލަ 83 ކިލޯވޮޓަށް އިތުރުކޮށްފައި

އެމްޑަބްލިއުއެސްސީން ރ. ދުވާފަރުގައި އަވިން ހަކަތަ އުފައްދާ 35 ކިލޯވޮޓްގެ އިތުރު ސިސްޓަމެއް ހަރުކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އެ ރަށުގައި އެ ކުންފުނިން އުފައްދާ ކަަރަންޓުގެ މިންވަރު 83 ކިލޯވޮޓަށް އިތުރުކޮށްފި އެވެ.

ބުނީ ކީކޭ؟ - އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުވާފަރުގައި ހުންނަ އެ ކުންފުނީގެ އޮޕަރޭޝަންސް ސެންޓަރުގައި، އަވިން ހަކަތަ އުފައްދާ 48 ކިލޯވޮޓްގެ ނިޒާމެއް މީގެ ކުރިން ވެސް ގާއިމްކޮށް، އެ ކުންފުނީގެ ބޭނުންތަކަށް އިއާދަކުރަނިވި ހަކަތަ އިން ކަރަންޓު އުފައްދާ ކަމަށެވެ.

ބުނީ ކީކޭ؟ - އެމްޑަބްލިއުއެސްސީން ބުނީ، އެ ކުންފުނީގެ އޮޕަރޭޝަންސްތަކަށް ބޭނުންވާ ހަކަތަ ތިމާވެއްޓާ ރައްޓެހި ގޮތްތައް މެދުވެރިކޮށް އުފައްދަން 2012 އިން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިހާރު އިއާދަކުރަނިވި ބޭނުންކުރާ އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަންސް ސެންޓަރުތަކަކީ:

  • މާލެ 

  • ހުޅުމާލެ 

  • ކ. މާފުށި 

  • ހދ. ކުޅުދުއްފުށި 

  • ރ. ދުވާފަރު

އެ މަސައްކަތާ އެކު، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ހާސިލްކުުރުމަށް މަގުފަހިވެގެން ދާނެކަން އެމްޑަބްލިއުއެސްސީން ފާހަގަކުރި އެވެ.

އެނގުން މުހިއްމު - އެމްޑަބްލިއުއެސްސީން ދުވާފަރުގައި ދޭ ހިދުމަތްތަކަކީ:

  • ފެނާއި ނަރުދަމާ

  • ކަރަންޓު 

  • ކުނި މެނޭޖުކުރުން 

  • މަސްވެރިންނަށް އައިސް ފޯރުކޮށްދިނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް