ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ދިރާގުން ކުރިއަށް ގެންދިޔަ ސްނޯކްލިން ސެޝަންގެ ތެރެއިން

ދިރާގު

ކަނޑުތަކަށް ޒުވާނުން ހޭލުންތެރިކުރަން ދިރާގުން ކެމްޕޭނެއް ފަށައިފި

9 ޖޫން 2022

ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވާހާއި ގުޅުވައިގެން ދިރާގުން ''ދި އޯޝަންސް- އަވާ ހޯމް' ގެ ނަމުގައި ކެމްޕެއިނެއް ފަށައިފި އެވެ.

ވީ  ކިހިނެއް؟ - އިއްޔެ ފެށި އެ ކެމްޕޭން ލޯންޗުކޮށްފައިވަނީ ދިރާގު ބްރޭންޑް އެމްބެސެޑަރު ޒޫނާ ނަސީމް ފެނިގެންދާ ވީޑިއޯއަކާއެކު އެވެ. ކަނޑު އަޑީގެ މަންޒަރުތައް ދައްކުވައިދޭ އެ ވީޑީއޯގައި ޒޫނާ ކިޔާދެނީ ކަނޑުތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް އެ ގުދުރަތީ ރީތިކަން ފޯރުކޮށްދިނުކމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. 

ބުނީ ކީކޭ؟ - މި ކެމްޕެއިނާ ގުޅިގެން ދިރާގުން ބުނީ މިއީ ކަނޑުތަކަށް ޒުވާނުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ހިންގާ ކެމްޕެއިނެއް ކަމަށެވެ. މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ސިލްސިލާ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން އެ ކުންފުނިން ކަނޑުތަކުގެ ދުވަސް ފާހަގަކުރަން ފެށީ ސްނޯކްލިން ސެޝަންއަކާއި އެކު އެވެ. މި ސެޝަން ވެސް ހާއްސަކުރީ ޒުވާނުންނަށެވެ.

"ދުނިޔެ ބައްޓަންވަނީ މިއަދުގެ ޢަމަލުތަކާއި ނިންމުންތަކުގެ މައްޗަށް ކަމަށްވާތީ، އެ ބަދަލު ގެނައުމުގައި ޢަމަލީގޮތުން ބައިވެރިވުމަކީ، ވަރަށް މުހިންމު ކަމެއް." ދިރާގުން ބުނެފައިވެ އެވެ.

ގުޅުން ހުރި ކަމެއް - ދިރާގުން ވަނީ 2016 ވަނަ އަހަރުވެސް ކަނޑުތަކަށް ސަމާލުވެ، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ނުވަތަ ސިންގް ޔޫސް މަދުކުރުމަށް ބޮޑު ޕްރޮގްރާމެއް ހިންގާފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން އެ ކުންފުނިން ވަނީ ރީޔޫސަބަލް ކޮތަޅު، ވޯޓާ ޑިސްޕެންސަރު ތައާރަފުކޮށް، މަސައްކަތުގެ މާހައުލުގައި ސިންގްލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފަ އެވެ. 

މީގެއިތުރުން އެ ކުންފުނިން ވަނީ ސިންގް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި އެހެން ގޮތެއް އިހްތިޔާރުކުރުމަށް އާންމުންނަށް ބާރުއަޅައި، ހަރަކާތްތަކެއް ވެސް ހިންގާފަ އެވެ. ކޮވިޑް-19 އާއި އެކު ވެސް ދިރާގުން ވަނީ ޕްލާސްޓިކް ޕޮލިއުޝަން އިތުރުވަމުންދާތީ އެކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ޒިންމާދާރުކަމާ އެކު ސިންގްޔޫސް ޕްލާސްޓިކް އުކާލުމަށް ރައްޔިތުންނަށް ހިތްވަރު ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް