އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލި އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމާދު އަބޫބަކުރުގެ ގާތިލް ސާލިމް: އޭނާ އަކީ ބަންގުލަދޭޝްއަށް ނިސްބަތްވާ އެ ރަށުގައި ދުވަސްވީ މީހަކު ބަލަން އުޅެމުން އައި މީހެއް

މަހުމޫދުގެ މަރު

މަހުމޫދު މަރާލުމުގެ ދައުވާ ސާލިމްގެ އިއުތިރާފުން ސާބިތުވެއްޖެ

ގަސްތުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން މައްޔިތެއްގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާ ވެސް ވަަނީ ސާބިތުވެފައި
26 ޖެނުއަރީ 2022

އދ. ދަނގެތީގެ ވިޔަފާރިވެެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ދައުވާ ކުރި ޝާ އަލޮމް މިއާ (ސާލިމް)ގެ މައްޗށް ކުށް ސާބިތުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އޮކްޓޯބަރު މަހު މަހުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ، ގިނަ ޒަހަމްތަކެއް ދީ އޭނާ މަރާލުމަށްފަހު ވަޅަކަށް އެއްލާލާފައި އޮއްވަ އެވެ. މަހުމޫދުގެ މަރުގެ މައްސަލައިގައި ސާލިމްގެ މައްޗަށް ކުރާ ދައުވާތަކަކީ:

  • ގަސްތުގައި މީހަކު މެރުން

  • މައްޔިތެއްގެ ބޭނުން ނަހަމަގޮތުގައި ހިފުން

  • ސާލިމް ވަނީ މި ދައުވާތަކަށް ކުރިން ކޯޓުގައި އިއިތުރާިރާފުވެފައި

ތަފްސީލް - މިއަދު އޮތް އަޑުއެހުމުގައި ވެސް މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ސާލިމް ކުރިން ވި އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަން ކަށަވަރުކުރައްވައިފަ އެވެ. މިއަދު ވެސް އޭނާ ވަނީ ކޯޓުގައި އެ އިއުތިރާފު ދަމަހައްޓައިފަ އެވެ.

އެހެންކަމުން އޭނާ ގަސްތުގައި މީހަކު މެރުމުގެ ކުށާއި މައްޔިތެއްގެ ބޭނުން ނަަހަމަ ގޮތުގައި ހިފުުމުގ ކުށް އޭނާގެ މައްޗަށް ސާބިތުވީ ކަމަށް އިސްގާޒީ ޝަކީލް ނިންމެވި އެވެ.

މަހުމޫދުގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ ސާލިމް ކްރައިމް ސީންއަށް ގެންގޮސްގެން ފުލުހުން އިތުރު މައުލޫމާތު ހޯދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުަނައިދު)

ހެކި ހުށަހަޅަން ފުރުސަތެއް ނުދިން

ދައުލަތުން މިއަދު އެދުނީ އަވަސް ނިޔާ ކުރިއަށް ނުގެންގޮސް، މައްސަލައިގައި ހުރި ހެކިބަސްތައް ވެސް ނެގުމަށެވެ. އެކަމަކު، އެކަމަށް ސާލިމްގެ ވަކީލު ދެކޮޅު ހެދި އިރު ގާޒީ ނިންމެވީ ހެކިބަސް ނުނަގައި ކުރިއަށްގެންދާށެވެ.

ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާތީ އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް މަހުމޫދުގެ ވާރިސުންގެ ބަސް ހޯދަން ޖެހެ އެވެ. އެކަމަކު، މިއަދު އެކި ސަބަބުތަކާ ހެދި އެ ވާރިސުންގެ ބަސް މިއަދު ނަގާފައި ނުވެ އެވެ. ދައުލަތުން ކުރިން ބުނެފައިވާ ގޮތުގައި އޭނާގެ ހުރިހާ ވާރިސުން ވެސް ބޭނުން ވަނީ މަރަށް މަރު ހިފާށެވެ.

އެނގުން މުހިންމު - އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން މަރަށް މަރު ހިފޭނީ ކުށް ސާބިތުވާ މީހާއަށް މަރުގެ އަދަބު ދޭން ހުރިހާ ވާރިސުން ވެސް އެއްބަސް ނަމަ އެވެ.

ސާލިމްއަކީ ކާކު؟ - ސާލިމް އަކީ ދަނގެތީގެ އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމުގެ މަސައްކަތް ކުރި މީހެެކެވެ. ސާލިމް މަހުމޫދު މަރާލީ އެ އުމުރުން ދުވަސްވީ މީހާއާއެކު އޭނާ ދިރިއުޅުނު ގޭގަ އެވެ. އެ ގެއާއި އެހެނިހެން ތަންތަނުގައި ސާލިމް ވަޅުލާފައި ހުރި މަހުމޫދުގެ ބައެއް ތަކެތި ވެސް ފުލުހުން ތަހުގީގުގައި ހޯދި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް