ގޭހަށް ކިޔޫގައި ތިބި ލަންކާ ބަޔަކު ގޭސްފުޅިތަކާ އެކު ޕެޓްރޯލް ސްޓޭޝަންގައި -- ފޮޓޯ/ ރޮއިޓާސް

ސްރީ ލަންކާ

އައިއެމްފްގެ ވަފުދު ސްރީ ލަންކާއަށް ޒިޔާރަތްކޮށްފި

އިއެމްއެފުން އިއްޔެ ބުނީ އެ ފަންޑްގެ ޓީމް މި މަހު 30ގެ ނިޔަލަށް ކޮޅުބުގައި ތިބޭނެ ކަމަށް

ބެއިލްއައުޓް ޕްރޮގާމް ހިންގުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވަފުދު ސްރީ ލަންކާއަށް މިއަދު ޒިޔާރަތްކޮށްފި އެވެ. އައިއެމްއެފްގެ ވަފުދު ސްރީ ލަންކާއަށް ޒިޔާރަތް ކުރި އިރު މިހާރު ވެސް ލަންކާއިން ވަނީ ތެޔޮ ހުސްވުމުގެ މަގުމަތީގަ އެވެ. އަދި އައިއެމްއެފްގެ ފައިސާ ލިބުމަށް ވެސް މަސްތަކެއް ނަގާނެ އެވެ.

ސްރީ ލަންކާ 1948ގައި މިނިވަން ވީއްސުރެ ނުދެކޭ ފަދަ ތަދުމަޑުކަމެއް އެ ގައުމުން އަންނަނީ ބަރުދާސް ކުރަމުންނެވެ. ސްރީ ލަންކާއިން ވޭތުވެ ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ގެންގުޅުނު ދޯހަޅި ސިޔާސަތުގެ ސަބަބުން އަދި ކޮވިޑް މެނޭޖުކުރި ގޮތުގެ ސަބަބުންނާއި ބޭރުގައި ވަޒީފާ އަދާ ކުރާ މީހުން ގައުމަށް ފައިސާ ފޮނުވުމަށް ދިމާވި މައްސަލަތަކާ ގުޅިގެން ގައުމުގެ އިގްތިސާދު ވަނީ ފުނޑިފަ އެވެ.

އާބާދީގައި 22 މިލިއަން މީހުން ދިރިއުޅޭ ގައުމު 51 ބިލިއަން ޑޮލަރުން ބަނގުރޫޓުވެ، އެޕްރީލު މަހު ވަނީ 12 ބިލިއަން ޑޮލަރުގެ ދަރަނި ނުދެއްކޭނެކަން އިއުލާންކޮށްފަ އެވެ. ލަންކާގައި ތަކެތީގެ އަގުތައް މައްޗަށް ގޮސް، ފައިސާގެ އަގު ވެއްޓި، ތެލާއި ބޭހާއި ކާނާ ހުސްވެ މުޅި ގައުމުގައި އިންސާނީ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު އދ.އިން ވަނީ ދީފަ އެވެ.

އައިއެމްއެފުން އިއްޔެ ބުނީ އެ ފަންޑްގެ ޓީމް މި މަހު 30ގެ ނިޔަލަށް ކޮޅުބުގައި ތިބޭނެ ކަމަށެވެ. އަދި ބުނީ ލަންކާ ސަލާމަތް ކުރުމަށް ހިންގިދާނެ ޕްރޮގްރާމަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ފަންޑިން އެޖެންސީން ބުނީ އެ ފަންޑުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ސްރީ ލަންކާއަށް ދިމާވެފައިވާ ދަތި އަދި އުނދަގޫ ހާލަތުގައި އައިއެމްއެފުން އެހީވާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

ސްރީ ލަންކާއިން އުންމީދު ކުރަނީ އައިއެމްއެފުގެ ވަފުދުން ލަންކާގެ އޮފިޝަލުންނާ ވާހަކަ ދައްކައިގެން ލަންކާގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދީ އެގްރީމަންޓަކަށް އައިސް އައިއެމްއެފްގެ ބޯޑުން ނިންމައި އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ.  އާންމު އުސޫލުން އައިއެމްއެފްގެ ބެއިލްއައުޓް ފައިސާ ލިބުމަށް މަސްތަކެއް ނަގަ އެވެ. އެހެން ނަމަވެސް ލަންކާގެ ހާލަތުގައި އެ ގައުމަށް ފައިސާ ލިބުން ލަސްވެެއްޖެ ނަމަ، މިހާރު ވެސް ސިޔާސީ ގޮތުން މައްސަލަތަކެއްގެ ތެރޭގައި އުޅޭ ގައުމުގައި އިތުރަށް މައްސަލަތައް ގޯސްވެ، ގައުމު އިތުރަށް ނުތަނަވަސް ކަމެއްގެ ތެރެއަށް ވެއްޓޭނެ އެވެ.

މުވައްޒަފުންގެ މެދުގައި އެއްބަސްވުމަކަށް އާދެވުނަސް، ކްރެޑިޓްދޭ ފަރާތްތަކުގެ ޔަގީންކަން ލިބެން ޖެހެ އެވެ. އަދި ކްރެޑިޓުންގެ ތެރޭގައި ހިމެނޭ ޗައިނާއިން ލަންކާގެ ދަރަންޏަށް ލުއިދޭން އެއްބަސްވާން ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް