މިއީ މެލޭޝިޔާގެ ތާރީހުގައި ވެސް މިފަދަ މަތީ މިންވަރަކަށް ސަބްސިޑީ ދޭ ފުރަތަމަ ފަހަރު. (ފޮޓޯ/ރޮއިޓާސް)

މެލޭޝިއާ

މެލޭޝިޔާގައި އިންފްލޭޝަން މައިތިރިކުރަން 18 ބިލިއަން ޑޮލަރު ހޭދަކުރަނީ

ކާބޯތަކެތީގެ އެހީގެ ގޮތުގައި ގޭގެއަށް މި މަހު އެކަނި ވެސް 400 މިލިއަން ޑޮލަރު ހަރަދު ކުރާނެ

މެލޭޝިޔާގައި ތަކެތީގެ އަގުތައް މައްޗަށް ދިއުން ކޮންޓްރޯލްކޮށް، އިންފްލޭޝަން މައިތިރި ކުރުމަށް ނަގުދު ފައިސާ އާއި ސަބްސިޑީގެ ގޮތުގައި 17.6 ބިލިއަން ޑޮލަރު (77.3 ބިލިއަން ރިންގެޓް) ހަދަރުކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓަރު އިއްޔެ ވިދާޅުވެއްޖެ އެވެ.

މިއީ މެލޭޝިޔާގެ ތާރީހުގައި ވެސް މިފަދަ މަތީ މިންވަރަކަށް ސަބްސިޑީ ދޭ ފުރަތަމަ ފަހަރެވެ.

މެލޭޝިޔާގައި މުދަލުގެ އަގުތައް ވަނީ ފަހުގެ ތާރީހެެއްގައި ނުދާ ވަރަށް މައްޗަށް ގޮސްފަ އެވެ. އެއީ ސަޕްލައި ޗޭނުގެ މައްސަލަތަކާއި މަސައްކަތްތެރިންގެ ދަތިކަމާއި އެ މީހުންގެ އަގުތައް މައްޗަށް ދިއުމާއި ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ މޭ މަހާ އަޅާ ބަލާއިރު މި މިދިޔަ މޭ މަހު ވަނީ ތަކެތީގެ އަގުތައް %5.2 އުފުލިފަ އެވެ. މިއީ 2011 ވަނަ އަހަރަށް ފަހު އެންމެ މައްޗަށް އިންފްލޭޝަން މައްޗަށް ދިޔަ ފަހަރެވެ.

މެލޭޝިޔާގެ ފިނޭންސް މިނިސްޓަރު ޓެންގަކު ޒަފަރުލް އަޒިޒް ވިދާޅުވީ ކޮންސިއުމާ ސަބްސިޑީގެ ގޮތުގައި މެލޭޝިޔާގައި 51 ބިލިއަން ރިންގިޓް ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ސަބްސިޑީގެ ތެރޭގައި ތެލާއި ކަރަންޓާއި ކާބޯތަކެތި ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ އިތުރަށް ސަރުކާރުން ނަގުދު ފައިސާގެ ގޮތުގައި 11.7 ބިލިއަން ރިންގިޓް ބަހާނެ ކަމަށެވެ. އަދި އެހެނެނިހެން ސަބްސިޑީގެ ގޮތުގައި 16.6 ބިލިއަން ރިންގިޓް ވެސް ހޭދަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްޗަށްދާ ދިރިއުޅުމުގެ ހަރަދުތައް ފޫބެއްދުމަށާއި ކާބޯތަކެތީގެ އެހީގެ ގޮތުގައި ގޭގެއަށް މި މަހު އެކަނި ވެސް 400 މިލިއަން ޑޮލަރު ހަރަދު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި މަހުގެ ކުރީކޮޅު ސަރުކާރުން ބުނީ ތަކެތީގެ އަގުބޮޑުވެގެން ލިބޭ އާމްދަނީ އަކީ، ދޭން ކަނޑައަޅާ ސަބްސިޑީއަށް ވުރެ މާ ބޮޑު އަދަދަކަށް ވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް