ގަން އިންޓަނޭޝަނަލް އެއާޕޯޓް: ބޮމެއް އޮތް ކަމަށް ބުނި ބަޔަކު ވަނީ އެ އެއާޕޯޓުން ހައްޔަރުކޮށްފައި

ބޮމެއް އޮތް ކަމަށް ބުނުމުން އައްޑޫ އެއާޕޯޓުން ދެ މީހަކު ހައްޔަރުކޮށްފި

އެމީހުން ބަލާ ފާސް ކުރި އިރު، އެފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވޭ

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނި މައްސަލައަކާ ގުޅިގެން ދެ މީހަކު މިއަދު ހައްޔަރު ކޮށްފި އެވެ.

ވީ ކިހިނެއް؟ - ބޮމެއް އޮތް ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހެޅީ، މިއަދު ހަވީރު 5:25ގަ އެވެ. ނަމަވެސް އެފަދަ ޒާތެއްގެ އެއްޗެއް ފެނިފައިވާ ނުވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަސް - ފުލުހުން މިޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ، އެ މައުލޫމާތު އެ އިދާރާއަށް ލިބުމުން އެމްއެންޑީއެފްއާ ހިއްސާ ކުރި ކަމަށެވެ. އަދި އެމްއެންޑީއެފްއިން އެމީހުން ގެންގުޅުނު ތަކެތި ބަލާ ފާސް ކުރި ކަމަށް ފުލުހުން ބުންޏެވެ.

"ބަލާ ފާސް ކުރި އިރު، އެފަދަ އެއްޗެް ފެނިފައި ނުވޭ،" ފުލުހުންގެ މެސެޖްގައި ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  • އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެއް

  • އުމުރުން61 އަހަރުގެ ދިވެހި އަންހެނެއް

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެނގުން މުހިންމު - ޓެރަރިޒަމް ގާނޫނުގެ ދަށުން ބޮމެއް އޮތް ކަމަށް ބުނެ، އެފަދަ ބިރުވެރިކަމެއް ފެތުުރުމަކީވެސް ކުށެކެވެ.

ކޮމެންޓް (1)

މަނުކުފާނު

23 ސެޕްޓެމްބަރު 2022
މި އުމުރުގެ ކުދިންވެސް ހާދަ ސިޔާސަ އޭ ދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް