ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕްގެ ފަތް ޖަހާލެވޭ ބިއްލޫރިގަނޑު ރޭވުމުގެ މަސައްކަތް ކުރިއަށް ދަނީ: މިއީ ކާއިނާތުގެ ހޯދުންތަކަށް ބޭނުންކުރާ އާދަޔާ ހިލާފު ޓެލެސްކޯޕެއް

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕު: 21 ވަނަ ގަރުނުގެ އަޖައިބެއް

25 ޑިސެމްބަރު 2021
މިއީ ކާއިނާތުގައި އުފެދުނު އެންމެ ފުރަތަމަ އަލިކަން ދެނެގަނެވޭނެކަމުގެ އުއްމީދާ ގުޅިފައިވާ ސައިންސްގެ ވރަށް ބޮޑު އުފެއްދުމެއް

މިއަދު ހަވީރު ރާއްޖޭގެ ގަޑިން ގާތްގަނޑަކަށް 5 ޖަހާލާކަން ހާއިރު ދުނިޔޭގެ ބިމުން ޖައްވަށް "އަރިއާން"ގެ ނަމުން ނަން ދީފައިވާ ޔޫރަޕްގެ ބޮޑު ރޮކެޓެއް ނައްޓާލާނެ އެވެ. މި ދަތުރުގެ އެންމެ އަގުބޮޑު މުދާ ރައްކާކޮށްފައި ވަނީ ރޮކެޓްގެ ކުރީކޮޅުގަ އެވެ. ޖައްވުގެ ވަކި ހިސާބަކުން ރޮކެޓްގެ ކުރީކޮޅު ހުޅުވި، އެ އަގު ބޮޑު އާލާތް، ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް ޖައްވަށް ދޫކޮށްލާނެ އެވެ.

މިއީ އިންޖިނިއަރިންގެ ވަރަށް ބޮޑު އިމްތިހާނެކެވެ. ކިތައްމެ ކުޑަ ކަމެއް ފެއިލް ވިޔަސް،10 ބިލިއަން ޑޮލަރުގެ، މަޝްރޫއުއަށް ލޮޅުން އަރާނެ އެވެ. އެކަމަކު ސައިންސްވެރިންނާއި އިންޖިނިއަރުން އުއްމީދުކުރަނީ ހުރިހާ ކަމެއް ބަރާބަރަށް ދާނެ ކަމަށެވެ.

ވެބް ޓެލެސްކޯޕުގެ އެންމެ ފުރަތަމަ އެއް ކުރެހުން: ޓެލެސްކޯޕް މިހާ ހިސާބަށް އައީ ވަރަށް ގިނަ ބަދަލުތަކާ އެކު
މިހާރު ޖައްވުގައި އޮތީ ހަބްލް ޓެލެސްކޯޕް. އޭގެ އުމުރުން 31 އަހަރު ވުމާ އެކު ބޭނުން ވެސް ކެނޑޭ ހިސާބަށް ވަނީ ގޮސްފައި. އޭގެ ބަދަލުގައި ދެން ބޭނުންކުރާނީ ޖޭމްސް ވެބް ޓެލެސްކޯޕް
ޓެލެސްކޯޕަށް ޖޭމްސް ވެބްގެ ނަން ދެވިފައި ވަނީ 1960ގެ އަހަރުތަކުގައި ނާސާގެ އެޑްމިނިސްޓްރޭޓަރަކަށް ހުންނެވި ޖޭމްސް ވެބްއަށް ނިސްބަތްކޮށް. ނާސާގެ އެޕޯލޯ ޕްރޮގްރާމްގެ އެއް އާރުކާޓީއަކީ ވެބް
30 މާޗު 2012 : ޖައްވުގެ ގަދަ ފިނީގައި ސަލާމަތުން އޮތުމުގެ ގާބިލުކަން ހުރިތޯ ޓެސްޓު ކުރުމަށް ވެބް ޓެލެސްކޯޕުގެ ހާއްސަ ގޮތަކަށް ޓެސްޓްކުރަނީ
19 ސެޕްޓެމްބަރު 2012: ނާސާގެ ގޮޑާޑު ސްޕޭސް ފްލައިޓު ސެންޓަރުގެ ސާފު ކޮޓަރިއެއްގައި ސައިންސްވެރިންނާއި ޓެކްނީޝަނުން ވެބް ޓެލެސްކޯޕުގެ އެއް ލޯގަނޑު ޗެކުކުރަނީ.
22 އޮގަސްޓު 2013: ޖޭމްސް ވެބް ޖައްވީ ޓެލެސްކޯޕުގެ "ބެކްޕްލޭން" ނުވަތަ މައިގަނޑު ކަށިގަނޑު އަލަބާމާގައި ވާ ނާސާގެ މާޝަލް ސްޕޭސް ފްލައިޓް ސެންޓަރަށް މަތިންދާ ބޯޓެއްގައި ގެނެސް ބާލަނީ.
25 ޖުލައި 2014: ވެބްގައިވާ ސަންޝީލްޑް (ނުވަތަ އިރުން ރައްކާތެރިކޮށްދޭ ބައި) އަކީ އޭގެ އެންމެ ބޮޑު ބައި. ފަސް ލޭޔަރުގެ މައްޗަށް އެކުލެވިގެންވާ މި ތުނި މެމްބްރޭނުތައް ޖައްވުގައި ބޭނުންވާ މިންވަރަށް ނިއުޅުވެން ޖެހޭ.
21 އޮކްޓޯބަރު 2014: ނާސާގެ ގޮޑާޑް ސްޕޭސް ފްލައިޓު ސެންޓަރުގައިވާ ތާމަލް ވެކިއުމް ޗެމްބަރުގައި، 116 ދުވަސް ވަންދެން ޖައްވުގައި ކުރިމަތިވާނެ އެކި މިންވަރުގެ ފިނިހޫނުމިނަށް ޓެސްޓުކުރުމަށް ފަހު ކާމިޔާބުކަމާ އެކު ވެބް ޓެލެސްކޯޕު ޗެމްބަރުން ނަގަނީ.
23 ފެބްރުއަރީ 2015: އެމެރިކާގައިވާ އެންމެ ބޮޑު އެއް އަސްކަރީ މުދާ އުފުލާ މަތިންދާ ބޯޓުގެ ބަނޑު ދަށް. ވެބް ޓެލެސްކޯޕް ޓެކްސަސްއަށް ގެންދިޔައީ މި ބިޔަ މަތިންދާ ބޯޓުގައި.
18 ނޮވެމްބަރު 2015: ވެބްގެ ކަށިގަނޑުގައި 18 ލޯގަނޑު ހަރުކުރަން ސައިންސްވެރިން ތައްޔާރުވަނީ
30 ނޮވެމްބަރު 2016: ވައިބްރޭޝަނާއި އެކޫސްޓިކް ޓެސްޓުކުރަން ގެންދިޔުމަށް ވެބް ޓެެލެސްކޯޕުގެ ވަށައިގެން ރައްކާތެރި ފަށަލައެއް ލަނީ
17 ފެބްރުއަރީ 2017: ވެބް ޓެެލެސްކޯޕަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ވައިބްރޭޝަން ޓެސްޓިން ނިޒާމު ބޭނުންކުރަނީ 
17 އޭޕްރިލް 2017: ވެބް ޓެލެސްކޯޕުގެ މައިގަނޑު ލޯގަނޑު ނިއުޅުވާލުމުން ވައްތަރީ މަލަކާ: ޖައްވަށް ދޫކޮށްލުމުން ކާއިނާތުގައި ފުރަތަމަ އުފެދުނު ގެލެކްސީތަކުގެ އިންފްރާރެޑް ލައިޓު މި ލޯގަނޑުތަކުން ނަގައިދޭނެ
ސެޕްޓެމްބަރު 2017: ވެބްގެ އޮޕްޓިކަލް އަދި ސައިންޓިފިކް އިންސްޓްރޫމަންޓުތައް ފިންޏަށް ޓެސްޓުުރަނީ: މި ފޮޓޯ ނަގާފައި  މިވަނީ މައިނަސް 223 ޑިގްރީ ސެލްސިއަސްގައި: މިއީ ޕްލޫޓޯގެ ބިންމަތިގެ ފިނިމިނަށް ވުރެ ވެސް މަތީ މިންވަރެއް
1 ޑިސެމްބަރު 2017: 100 ދުވަހު ކްރަޔޯޖީނިކް ޓެސްޓު ކުރުމަށް ފަހު ވެބްގެ ސައިން އިންސްޓްރޫމަންޓުތައް ޗެމްބަރުން ނަގަނީ
29 ޖަނަވަރީ 2018: ވެބް ޓެލެސްކޯޕު ލާފައިވާ ކޮންޓޭނަރު: އެހާމެ ބޮޑު އަދި ނާޒުކު ވެބް ޓެލެސްކޯޕް ތަންތަނަށް ގެންދިޔުމަކީ ވަރަށް ރައްކާތެރިކަމާ އެކު ކުރަން ޖެހޭ ކަމެއް.
ޑިސެމްބަރު 2021: އަރިއާން-5 ރޮކެޓްގެ ކުރީކޮޅަށް ވެބް ޓެލެސްކޯޕް ލުމުގެ މަސައްކަތްކުރިއަށް ދަނީ 
ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް ހިފައިގެން ޖައްވަށް ދާން ތައްޔާރުކޮށްފައިވާ ޔޫރަޕްގެ އަރިއާން ރޮކެޓްގެ ހުރިހާ ކަމެއް ތައްޔާރުކޮށްފައި: މިއީ ވަރަށް ތާރީހީ ދަތުރެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް