ސްކިލްސް ކެރިއާ އެކްސްޕޯއަށް މިއަދު މީހުން ޒިޔާރަތްކުރަނީ

ޒުވާނުން

ހަތަރު ސްކޮލަޝިޕާއި ވަޒީފާތަކާ އެކު ކެރިއާ އެކްސްޕޯ ފަށައިފި

ސެންޓްރަލް ޕާކްގައި އެކްސްޕޯ ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރު މަހުލޫފް އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ރާއްޖެއިން ބޭރުން ތައުލީމް ހާސިލްކުރުމަށް ހަތަރު ދާއިރާއެއްގެ ސްކޮލަޝިޕާއި ވަޒީފާގެ ފުރުސަތުތަކާ އެކު 'ސްކިލްސް ކެރިއާ އެކްސްޕޯ' މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ފަށައިފި އެވެ.

ސްކޮލަޝިޕް ލިބެނީ ގުރުއަތުން ހޮވޭ ހަތަރު ނަސީބު ވެރިޔަކަށެވެ.

ވީ ކިހިނެއް؟ - ދެ ދުވަހުގެ މި އެކްސްޕޯ މިއަދު ހަވީރު ހުޅުއްވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.

ތަފްސީލު - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިބްރާހިމް ހަސަން ވިދާޅުވިގޮތުގައި މި އެކްސްޕޯއިން ލިބޭނެ ހަތަރު ސްކޮލަޝިޕަކީ:

  • ޕައިލެޓް ކޯސް: ސްޕެއިން

  • ކަލްނިނަރީ އާޓްސް: މެލޭޝިއާ

  • އިންޓީރިއާ ޑިޒައިން: މެލޭޝިއާ

  •  އެއާކްރާފްޓް މެއިންޓެނެންސް: ޖޯޑަން

ޕައިލެޓްކަން ފިޔަވައި އެހެން ކޯސްތަކަކީ ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ފުރުސަތު ލިބެނީ އެކްސްޕޯއަށް ޒިޔާރާތް ކުރާ މީހުންގެ ތެރެއިން ނަގާ ގުރުއަތަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ މިއީ ވަރަށް ރަނުގެ ފުރުސަތެއް. އަޅުގަނޑު އުންމީދު ކުރަނީ ވީހާ ވެސް ގިނަ އަދަދެއް ޒުވާނުން މިތަނަށް އައިސް މި ލަކީ ޑްރޯގައި ބައިވެރިވެ، މުސްތަގުބަލު ބިނާކުރުމަށްޓަކައި މި ރަނުގެ ފުރުސަތުގެ ބޭނުން ހިއްޕަވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޔޫތް މިނިސްޓްރީގެ ޓްވީޓް

މަހްލޫފް ވިދާޅުވީ، ދެ މިނިސްޓްރީން ގުޅިގެން ބާއްވާ މި އެކްސްޕޯއަކީ މި ސަރުކާރުގެ "ކާމިޔާބު ހަތަރު އަހަރު" ފާހަގަކުރުމުގެ ގޮތުން ބާއްވާ އެކްސްޕޯއެއް ކަމަށެވެ. އަދި އެކްސްޕޯ ތެރެއިން ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވިދާޅުވި އެވެ. 

ސްކިލްސް ކެރިއާ އެކްސްޕޯ:

  • 30 ސްޓޯލެއް ހިމެނޭ 

  • މިއަދާއި މާދަމާ އެކްސްޕޯ ކުރިއަށް ދާނެ

  • ހާއްސަ ޕެނެލް ޑިސްކަޝަންތައް ކުރިއަށް ދާނެ

  • ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެކްސްޕޯ ތެރެއިން އޮންނާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް