އެންސިސްގައި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެންސިސް)

އެންސިސްގެ އަންހެން މުވައްޒަފުންނަށް ސްޓްރެސް ފިލުވުމާއި އެއްބައިވަންތަކަމުގެ މެސެޖު

ވިމެން އޮން ބޯޑް އާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތުގައި، އޮފީހުގައި ސްޓްރެސް ވުމުން ކަން ކުރާނެ ގޮތް ކިޔައިދިން

އެންސިސް ފިޝަރީޒް އާއި ވިމެން އޮން ބޯޑް ގުޅިގެން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް، އަންހެން މުވައްޒަފުންނަށް ސްޓްރެސް ފިލުވާނެ ގޮތް ދަސްކޮށްދީ، އަންހެނުންގެ މެދުގައި އެއްބައިވަންތަކަން އޮތުމުގެ މުހިއްމުކަން ފާހަގަކޮށްފި އެވެ.

ވީ ކިހިނެއް؟ - އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެންސިސްގައި މިއަދު ހަވީރު ވަނީ ހަފްލާއެއް ބާއްވައިފަ އެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އެވެ.

އެންސިސްގައި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ޖީހާން ވާހަކަދައްކަވަނީ (ފޮޓޯ/އެންސިސް)
އެންސިސްގައި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެންސިސް)

ބުނީ ކީކޭ؟ - އެންސިސް އާއި ވިމެން އޮން ބޯޑުގެ މުވައްޒަފުންނާ ވާހަކަ ދައްކަވަމުން ޖީހާން ވަނީ ކޮންމެ އަންހެނަކު ވެސް ކުރިއަށްދާއިރު، އިތުރު އަންހެނަކު ގޮވައިގެން ކުރިއަށް ދިއުމަށް އާދަކުރުމަށް އެދިިވަޑައިގެންފަ އެވެ. ޖީހާން ވިދާޅުވީ އަންހެނުންނަކީ އެހެން މީހުންނަށް މިސާލެއް ކަމަށް ދައްކައި، ކޮންމެ ދުވަހަކީ ވެސް އަންހެނުންނަށް ހާއްސަ ދުވަހެއް ކަމުގައި ދެކެން ބޭނުންވާ ނަމަ، އަބަދުވެސް އެ އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރަން ވާނެ ކަމަށެވެ.

އެ ހަފްލާގައި ވިމެން އޮން ބޯޑުގެ ޗެއާޕާސަން ފާތިމަތު ޝަފީގާ ވަނީ އެންސިސް ފަދަ ބޮޑު ކުންފުންޏެއްގައި ގިނަ އަދަދަކަށް އަންހެނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައި، ހަމަހަމަކަން ދަމަހައްޓައި، އަންހެނުންގެ ކުރިއެރުމަށް އެހީތެރިވެދޭކަން ފާހަގަކުރައްވައިފަ އެވެ.

ހަފްލާ ނިންމާލުމުގެ ކުރިން ވިމެން އޮން ބޯޑުން އިންތިޒާމް ކޮށްގެން ވަނީ އެންސިސްގެ އަންހެން މުވައްޒަފުންނަށް 'ބްރީތިން އެކްސަސައިޒް'ތަކެއް ދަސްކޮށްދީ، ވަޒީފާގެ މާހައުލުގައި ސްޓްރެސް ވާނަމަ ކަންތައް ކުރާނެ ގޮތުގެ މައުލޫމާތު ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް