އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ފުއާދު (ފައިލް ފޮޓޯ/ ސަން)

އުވާލަން ނޯޓިސް ދިން ހުރިހާ ޕާޓީއަކުން ވެސް ބޭނުންވާ އަދަދަށް ފޯމު ހުށަހަޅައިފި

މެމްބަރުން ހަމަވިކަން އެނގޭނީ ފޯމުތަކުގެ ސައްހަކަން ބެލުމަށްފަހު

ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ދިން ހަތަރު ޕާޓީން ވެސް، މެމްބަރުން ހަމަކުރަން ބޭނުންވާ އަދަދަށް ފޯމު ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ގާނޫނުގައި ބުނާ 3،000 މީހުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ މިިދިޔަ މާޗު މަހު، ހަތަރު ޕާޓީއެއް އުވާލަން ނޯޓިސް ދީފަ އެވެ. އެ ޕާޓީތަކަކީ:

1. އެމްއާރްއެމް - 2280 މެމްބަރުން

2. ޑީއާރްޕީ - 2269 މެމްބަރުން

3. ލޭބާ ޕާޓީ - 2691 މެމްބަރުން

4. އެމްޓީޑީ - 2457 މެމްބަރުން

ޕާޓީތަކަށް މެމްބަރުން ހަމަކުރަން ދިން މުއްދަތު ހަމަވީ ރޭ 10 ޖެހިއިރު އެވެ.

ތަފްސީލް - އީސީން މިއަދު ވަނީ ރޭގެ 10 ޖެހުމާ ހަމައަށް ހަތަރު ޕާޓީން ފޯމު ހުށަހެޅި އަދަދު ހާމަކޮށްފަ އެވެ.

1. އެމްއާރްއެމް - ހުށަހެޅީ 1397 ފޯމު (ބޭނުންވަނީ 720 ފޯމު)

2. ޑީއާރްޕީ - ހުށަހެޅީ 788 ފޯމު (ބޭނުންވަނީ 731 ފޯމު)

3. ލޭބާ ޕާޓީ - ހުށަހެޅީ 376 ފޯމު (ބޭނުންވަނީ 309 ފޯމު)

4. އެމްޓީޑީ - ހުށަހެޅީ 962 ފޯމު (ބޭނުންވަނީ 543 ފޯމު)

މެމްބަރުން ހަމަވިކަން ނުވަތަ ނޫންކަން އެނގޭނީ ލިބިފައިވާ ފޯމުތައް ޕްރޮސެސްކޮށް، ފޯމުތަކުގެ ސައްހަކަން ބެލުމަށްފަހު އެވެ.

އެނގުން މުހިންމު - އުވާލަން ނޯޓިސް ދިން ހުރިހާ ޕާޓީތަކުން ވެސް ބޭނުންވާ އަދަދަށް ވުރެސް އިތުރަށް ފޯމު ހުށަހަޅާފައި ވާއިރު، އޭގެ ތެރެއިން މިހާތަނަށް މެމްބަރުން ހަމަވެ، އުވާނުލާނެކަން އަންގާފައި ވަނީ އެމްއާރްއެމް އަށް އެކަންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް