(ކ-ވ): އަހްމަދު މުއާޒު (ގަޓު މުއާ)، އަހުމަދު އިސްމާއިލް (އަހަނދު) އަދި އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ).

ރިލްވާން އާއި ޔާމީންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ހައްޔަރުކުރީ އަހުމަދު އިސްމާއިލް (އަހަނދު)، އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ) އަދި އަހްމަދު މުއާޒު (ގަޓު މުއާ)

މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ މަރުތަކުގެ މައްސަލަތަކާ ގުޅިގެން އިއްޔެ ހައްޔަރު ކުރި މީހުންގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލައި މަރާލުމުގެ އިތުރަށް، ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތުހުމަތުގައި އިއްޔެ ތިން މީހަކު ހައްޔަރުކުރި އެވެ. އެއީ:

  • 1-

    އަހުމަދު އިސްމާއިލް (އަހަނދު)، 39 - މއ. ފާގަފިލާގެ

  • 2-

    އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)، 30 - މ. ލެގޫންވިއު

  • 3-

    އަހްމަދު މުއާޒު (ގަޓު މުއާ)، 40 - މާލޭ ދަފްތަރު އާރުއެސް 8499 

ބުނީ ކީކޭ؟ - އެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު މަރު ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް 'ދައުރު'އަށް ވިދާޅުވީ އެ މީހުން ހައްޔަރު ކުރީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ގާޒީ ކަނޑައަޅުއްވާފައިވާ ކަމަށެވެ.

"ކްރިމިނަލް ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން ބަންދަށް އަމުރުކުރަން ބޭނުންވާ ވަރަށް އެ މީހުންގެ މައްޗަށް ހެކި އެބަހުރި ކަމަށް،" މިސްބާހު ވިދާޅުވި އެވެ.

ރިލްވާން (ކ) އަދި ޔާމީން.

ޔާމީންގެ މަަރުގެ މައްސަލަ:

  • 2017 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރު ޔާމީންގެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ދައުވާ އުފުލި 

  • އެ މީހުންގެ ތެރެއިން ދައުވާ ސާބިތުވީ އެންމެ ދެ މީހުންގެ މައްޗަށް 

  • އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކޯޓުން ނިންމުމުން، ޕީޖީން ވަނީ އެ މައްސަލަ އޭޕްރީލްގައި ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި

ރިލްވާން ގެއްލުވާލި މައްސަލަ:

  • 2014 ވަނަ އަހަރު ގެއްލުވާލި ނޫސްވެރިޔާ ރިލްވާން މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި 

  • އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް 2018ގައި ވަނީ ހުކުމްކޮށްފައި 

  • އެ ހުކުމް އިސްތިއުނާފެއް ނުކުރޭ

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް