(ކ-ވ): އަހްމަދު މުއާޒު (ގަޓު މުއާ)، އަހުމަދު އިސްމާއިލް (އަހަނދު) އަދި އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ).

ހައްޔަރުކުރި 3 މީހުންނަށް ކުރަނީ ރިލްވާން އާއި ޔާމީންގެ މަރުގެ ތުހުމަތު

މި މައްސަލަތަކާ ގުޅިގެން އެންމެ ފަހުން ހައްޔަރު ކުރީ މުއާޒު

މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ މަރުތަކުގެ މައްސަލަތަކާ ގުޅިގެން މިއަދު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މި ތިން މީހުންގެ މައްޗަށް ކުރަނީ، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލައި މަރާލުމުގެ އިތުރަށް، ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތުހުމަތެވެ.

ވީ ކިހިނެއް؟ - މި މަރުތަކާ ގުޅިގެން ފުލުހުން މިއަދު ވަނީ ކުރު ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައިވާ ގޮތުން، ހައްޔަރު ކުރި ތިން މީހުންނަކީ:

  • 1-

    އަހުމަދު އިސްމާއިލް (އަހަނދު)، 39 - މއ. ފާގަފިލާގެ

  • 2-

    އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)، 30 - މ. ލެގޫންވިއު

  • 3-

    އަހްމަދު މުއާޒު (ގަޓު މުއާ)، 40 - މާލޭ ދަފްތަރު އާރުއެސް8499 

ތަފްސީލު - މި މައްސަލައިގައި މިއަދު ހެނދުނު އެންމެ ފުރަތަމަ ހައްޔަރު ކުރީ އިސްމާއިލް އަބްދުއްރަހީމް އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކާނިވާ ތެރޭގައި ކެފޭއެއްގައި ހުއްޓަ އެވެ.

ދެން ހައްޔަރު ކުރީ އަހުމަދު އިސްމާއިލް އަދި މުއާޒު އެވެ. އަހުމަދު އިސްމާއިލް ހައްޔަރުކޮށްފައި ވަނީ މއ. ފާގަފިލާގެ އިންނެވެ. އޭނާ ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ އޭނާ ދިރިއުޅޭ ހ. މެލެއިންގެ ފާސްކޮށްފަ އެވެ.

ފުލުހުން އަހުމަދު އިސްމާއިލް ދިރިއުޅޭ ގެ ބަލައި ފާސްކުރަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މުއާޒު ހައްޔަރު ކުރީ ކޮންތާކުން ކަމެއް ނޭނގެ އެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ ބަޔާނުގައި ބުނީ، މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައާ ގުޅޭ "ޖިނާއީ ކުށްތައް ރާވައި ހިންގުމުގަ އާއި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ތުހުމަތު ކުރެވޭ" މައްސަލައާ ގުޅިގެން އެ ތިން މީހުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ.

ރިލްވާން (ކ) އަދި ޔާމީން.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް