ސޮނީން ހުޅުވި ހޯލްސޭލް ފިހާރަ.

ސޮނީ ހާޑްވެއާގެ ހޯލްސޭލް ފިހާރައެއް ހުޅުވައިފި

މި ފިހާރަ އިން، ސޮނީ ހާޑްވެއާ އިން އެތެރެކޮށް ވިއްކާ 45 ބްރޭންޑެއްގެ 2،000އަށް ވުރެ ގިނަ އައިޓަމް ހޯލްސޭލްކޮށް ލިބޭނެ

ސޮނީ ހާޑްވެއާ އިން ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަ ފިހާރައެއް މިއަދު ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - ހ. ޝައިންޓްރީ (ސޯލްޓް ކެފޭ އިމާރާތް)ގެ ތިރީ ފަންގިފިލާގައި، ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހުޅުވި އެ ފިހާރައަކީ ހޯލްސޭލްކޮށް ހާޑްވެއާ މުދާ ގަންނަ ވިޔަފާރިވެރިންނަށް ހާއްސަކޮށް ހުޅުވި ފިހާރައެކެވެ.

ތަފްސީލް - ސޮނީ ހާޑްވެއާ އިން ބުނީ އެ ފިހާރަ ހާއްސަ ވަނީ މާލެ އާއި ރަށްރަށުގައި ހިންގާ ހާޑްވެއާ ފިހާރަތަކަށް ކަމަށާއި ރާއްޖޭން ބޭރުން މުދާ އެތެރެކުރުމަށް އެ ފިހާރަތަކުން ކުރާ ހަރަދަށް ވުރެ ހެޔޮ އަގުގައި ސޮނީގެ ހޯލްސޭލް ފިހާރައިން މުދާ ލިބޭނެ ކަމަށެވެ. އެގޮތުން:

  • މަދު މިންވަރެއްގެ މުދާ ގަންނަ ފަރާތްތަކަށް ވެސް ބޮޑެތި ޑިސްކައުންޓް ލިބޭނެ

  • ސޮނީން ހޯލްސޭލް ކުރާ ތަކެތިން %35އާ ހަމައަށް ޑިސްކައުންޓް ލިބޭނެ 

  • ސޮނީން އެތެރެކޮށް ވިއްކާ 45 ބްރޭންޑެއްގެ 2،000އަށް ވުރެ ގިނަ އައިޓަމް ހޯލްސޭލްކޮށް ލިބޭނެ

  • މި ފިހާރަ އިން ލިބޭ ބްރޭންޑުތަކުގެ ތެރޭގައި ހިމެނެނީ އޭބީބީ، ލެޑްވާންސް، ބޮސްނީ، ރެޑްފޮކްސް، އަލްވާ، އޮރިއަންޓް، ތައި ޕައިޕް، ޑަންލޮޕް އަދި ވޯޓާޓޭކް ހިމެނޭ

އެނގުން މުހިއްމު - ސޮނީ ހާޑްވެއާގެ ހޯލްސޭލް ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރު 12އަށް އަދި މެންދުރު 1:30 އިން ހަވީރު 6 އަށެވެ.

  • ސޮނީގެ ހޯލްސޭލް ފިހާރައަށް ގުޅޭނެ ނަންބަރު: 3306340، 3306350 އަދި 3306377

  • 7911234އަށް ވައިބާ މެދުވެރިކޮށް ވެސް އޯޑަރު ފޮނުވޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް