ބޮޑުވަޒީރު މޯދީ ވަރަނާސީގައި ފޯމް ހުށަހަޅުއްވަނީ: އޭނާގެ އަރިހުގައި އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އާދިތުޔާނަތު، މިއީ އޭނާ އެ ދާއިރާއަށް ވާދަ ކުރައްވާ ތިން ވަނަ ފަހަރު

ނަރެންދުރަ މޯދީ

މޯދީ 3 ވަނަ ފަހަރަށް ވަރަނާސީއަށް ކުރިމަތިލައްވައިފި

މޯދީ ވަނީ އިދިކޮޅު އިންޑިއާ ބްލޮކަށް ބަހުގެ ހަމަލާތަކެއް ދެއްވައި، އެއީ ޕާކިސްތާނުގެ ނިއުކްލިއާ ބާރަށް ބިރުގަންނަ "ފިނޑި" ކަމަށް ވިދާޅުވެފައި

ދަޝާޝްވަމޭދު ގާޓާއި ކާލް ބައިރަވް ފައްޅީގައި ބޭއްވި ހާއްސަ އަޅުކަމަކަށް ފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލޯކް ސަބާގެ ވަރަނާސީ ގޮނޑިއަށް ކުރިމަތިލައްވައިފަ އެވެ.

ވަރަނާސީ އަކީ ބާރަތިޔާ ޖަނަތާ ޕާޓީ އާއި ބޮޑުވަޒީރު މޯދީގެ ބާރުގަދަ ސަރަހައްދެވެ.

އޭނާ ވަނީ 2014 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ލޯކް ސަބާ އިންތިހާބު ދެ ފަހަރެއްގެ މަތިން ކާމިޔާބު ކުރައްވައިފަ އެވެ.

މޯދީއާ ދެކޮޅަށް އެ ދާއިރާއަށް އިދިކޮޅުން ވާދަ ކުރައްވަނީ އުއްތަރަ ޕްރަދޭޝްގެ ކޮންގްރެސް ޕާޓީގެ ލީޑަރު އަޖޭ ރާއީ އެވެ. މިއީ އަޖޭ ރާއީ ލޯކް ސަބާގެ އިންތިހާބުގައި މޯދީއާ ވާދަކުރައްވާ ތިން ވަނަ ފަހަރެވެ.

ހަތްވަ ނަ ފިޔަވަހީގައި ވަރަނާސީގެ ވޯޓުލުން އޮންނާނީ ޖޫން މަހުގެ 1 ވަނަ ދުވަހު އެވެ.

ލޯކް ސަބާ އިންތިހާބުގެ ހަތަރު ވަނަ ފިޔަވަހީގައި 10 ސްޓޭޓަކާއި ޔޫނިއަން ޓެރިޓަރީގެ 96 ދާއިރާއެއް ހިމެނޭ ގޮތަށް ގާތްގަނޑަކަށް %63 މީހުން އިއްޔެ ވޯޓުލާފައިވާ އިރު، ހުޅަނގު ބެންގާލާއި އަންދްރަ ޕްރަދޭޝްގައި ވެސް ވަނީ ހަމަނުޖެހުންތައް ފުނިޖެހިފަ އެވެ.

ވެސްޓް ބެންގާލްގައި %75.94 މީހުން ވޯޓުލާފައިވާ އިރު، މިއީ މި މަރުހަލާގައި ސްޓޭޓް/ޔޫޓީތަކުގެ ތެރެއިން އެންމެ ގިނަ މީހުން ވޯޓުލާފައިވާ ދުވަހެވެ.

ކަޝްމީރުގެ ސްރީނަގަރު ދާއިރާއަށް ނިސްބަތްވާ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލި ފަހުން އެ ވާދީގައި ބޭއްވި ފުރަތަމަ ލޯކް ސަބާ އިންތިހާބުގައި %36.58 މީހުން ވޯޓުލާފައިވެ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިއީ "ވޭތުވެ ދިޔަ އަހަރުތަކުގައި އެންމެ ގިނަ މީހުން ވޯޓުލީ ދާއިރާ" ކަމަށެވެ.

މީގެ ކުރިން މޯދީ ވަނީ އިދިކޮޅު އިންޑިއާ ބްލޮކަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. އަދި ޕާކިސްތާނުގެ ނިއުކްލިއާ ބާރަށް ބިރުގަންނަ އެގައުމުގެ ލީޑަރުންނަކީ "ފިނޑި" ބައެއް ކަމަށް ސިފަކުރައްވައިފަ އެވެ. އަދި ވިދާޅުވީ އަވައްޓެރި ގައުމުން އުޅާ ނާޅައިފި ނަމަ، އިންޑިއާއިން އަވަށްޓެރި ގައުމަށް އެކަން ކުރަން މަޖުބޫރު ކުރާނެ ކަމަށެވެ.

ބިހާރުގެ ހާޖީޕޫރު، މުޒައްފަރްޕޫރު އަދި ސަރަން ލޯކް ސަބާ ދާއިރާގައި ޖެހިޖެހިގެން ބޭއްވި ތިން އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ދާދި ފަހުން ވަނީ ނޭޝަނަލް ކޮންފަރެންސްގެ ލީޑަރު ފާރޫގު އަބްދުالله ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވައިފަ އެވެ. ފާރޫގު ވިދާޅުވެފައި ވަނީ ޕާކިސްތާނުގައި އެޓޮމް ބޮން ހުރި ކަމަށް ވިދާޅުވެފަ އެވެ. އަދި އިންޑިއާ މީހުން އަތުގެ މުލައްދަނޑި ފުރެންދެން އަޅާ އުޅާ ބަޔަށް ޖޯކު ޖައްސަވައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް