އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތައް

އިންޑިއާ

އިންޑިއާގައި އުފައްދާ 527 އައިޓަމަކުން ކެންސަރު ޖައްސާ ކެމިކަލް ފެނިއްޖެ

26 އޭޕްރީލު 2024
1

ވިހިވިހި ވަނަ އަހަރުން ފެށިގެން މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް އިންޑިއާގެ 527 ބާވަތަކުން ކެންސަރަށް މަގުފަހިވާ ކެމިކަލެއް ފެނިފައިވާ ކަމަށް ޔޫރަޕިއަން ފުޑް ސޭފްޓީ އޮތޯރިޓީން ބުނެފި އެވެ.

ޑެކަން ހެރަލްޑްގެ ރިޕޯޓެއްގައިވާ ގޮތުން ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ގިނައީ ނަޓްސް އަދި ސެސިމީ ސީޑް އާއި ހާބްސް އަދި ހަވާދުގެ، ޑައިޓެޓިކް ކާބޯތަކެތި އަދި އެހެނިހެން ކާބޯތަކެތީގެ ބާވަތްތަކެވެ. އަދި އެ އައިޓަމްތަކުން ވަނީ ކެންސަރަށް މަގުފަހިކޮށްދޭ ކެމިކަލް ފެނިފަ އެވެ.

އޭގެ ތެރެއިން 87 ޝިޕްމަންޓެއް ޔޫރަޕްގެ ބޯޑަރުތަކުން އަނބުރާ ފޮނުވާލާފައިވާ އިރު، އޭގެ ތެރެއިން ގިނަ ތަކެތި ފަހުން ވަނީ ބާޒާރުން ބޭރުކޮށްފަ އެވެ.

ނަމަވެސްއެ ކެމިކަލް ބޭނުންކުރުން މަނާކުރުމަށް ޔޫރަޕްގެ އޮފިޝަލުން އެއްވެސް އަމަލީ ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ކެންސަރަށް މަގުފަހިކޮށްދޭ ކެމިކަލެއް ކަމަށްވާ އެތިލީން އޮކްސައިޑް ހުރުމުގެ ސަބަބުން ހޮންގްކޮންގާއި ސިންގަޕޫރުގައި ވެސް އިންޑިއާގެ އުފެއްދުންތައް މަނާކުރި އެވެ.

އެތިލީން އޮކްސައިޑަކީ ޕެސްޓިސައިޑެއްގެ ގޮތުގައި ބޭނުންކުރާ ކުލަގަދަ ގޭހެކެވެ. ނަމަވެސް މި ކެމިކަލް އެންމެ ފުރަތަމަ އުފެއްދީ މެޑިކަލް އިކުއިޕްމަންޓް ސްޓެރިލައިޒް ކުރުމަށެވެ. އަދި އެތިލީން އޮކްސައިޑަށް އެކްސްޕޯޒް ކުރުމުން ލިމްފޯމާ އާއި ލިއުކޭމިއާ ފަދަ އެހެން ކެންސަރުތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް (1)

profile-image-placeholder

ހޯހޯޖުހާ

26 އޭޕްރީލު 2024
ބާރަށް ކަނޑުބޯޓް ތަކުން އިންޑިއާއިން ކުނި ތަރުކާރީއާއި މޭވާގެނޭ އަދިހަމަ ގުއި އުންގުޅިފަ ހުންނަ ކުނިބިސްވެސް. ކާބޯތަކެތީގެ ރައްކާތެރި މިންގަޑެއްނެއް ޤައުމެއް މީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް