ޓިކްޓޮކް މަނާކުރުން ގާނޫނަކަށް ހެދުމަށް ސޮއި ކުރައްވާނެ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައި

އެމެރިކާ

އެމެރިކާގައި ޓިކްޓޮކް މަނާކުރެވިދާނެ ބިލް ސެނެޓުން ފާސްކޮށްފި

24 އޭޕްރީލު 2024

އެމެރިކާގައި ޓިކްޓޮކް މަނާކުރެވިދާނެ ކަމަށް ބެލެވޭ ތާރީހީ ބިލް އެމެރިކާގެ ސެނެޓުން ފާސްކޮށްފި އެވެ.

ބިލް ސެނެޓުން ފާސްކުރުމާ އެކު، ޓިކްޓޮކްގެ ޗައިނާގެ ވެރިޔާ ބައިޓްޑާންސްގެ ހިއްސާ ވިއްކުމަށް ނުވަ މަސްދުވަސް ނުވަތަ އެމެރިކާގައި އެ އެޕް ބަންދުކުރަން ޖެހޭނެ އެވެ.

އެ ބިލު ދެން ދާނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ މޭޒަށެވެ. އޭނާ ވިދާޅުވެފައިވަނީ އޭނާގެ މޭޒަށް އެ ބިލް އައުމާ އެކު ބިލް ތަސްދީގުކޮށް ގާނޫނަކަށް ހައްދަވާނެ ކަމަށެވެ.

އެހެން ވެއްޖެ ނަމަ، އިންވެސްޓްމަންޓް ވިއްކާލުން ނޫން ގޮތެއް ބައިޓްޑާންސަކަށް ނޯންނާނެ އެވެ. ނަމަވެސް އެ ކަމުގެ ހުއްދަ ޗައިނާ ސަރުކާރުން ދޭން ދެކޮޅު ހަދާނެ ކަމަށް ބެލެވެ އެވެ. އެނަލިސްޓުން ބުނަނީ މިކަމަށް އެތައް އަހަރެއް ނަގާނެ ކަމަށެވެ.

އެ ބިލަށް ސެނެޓް މެމްބަރުންގެ ތެރެއިން 79 ސެނެޓަރުން ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 18 ސެނެޓަރުންނެވެ.

"ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް، އެންމެ މަގުބޫލު އެއް އެޕްލިކޭޝަން އެމެރިކާގައި ކޮންޓްރޯލް ކުރުމުގެ ފުރުސަތު އެތައް އަހަރެއް ވަންދެން ދީފައި އޮތީ ނުރައްކާތެރިކޮށް، ދުރު ވިސްނުމުގައި ހުރި އެޕްލިކޭޝަނެއް،" ސެނެޓް މެންބަރަކު ވިދާޅުވި އެވެ.

"އާ ގާނޫނަކުން އެ ޕްލިކޭޝަން ވިއްކާލަން ޖެހެނީ ޗައިނާގެ ވެރިމީހާ. މިއީ އެމެރިކާއަށް ރަނގަޅު ފިޔަވަޅެއް."

މިކަމާ ގުޅިގެން ޓިކްޓޮކްގެ ބަހެއް ބީބީސީއަށް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މިދިޔަ ހަފުތާގައި ސޯޝަލް މީޑިއާ ކުންފުނިން ބުނެފައި ވަނީ މި ބިލުގެ ސަބަބުން އެމެރިކާގެ 170 މިލިއަން މީހުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، 7 މިލިއަން ޑޮލަރުގެ ވިޔަފާރި ހަލާކުވެ، އަހަރަކު އެމެރިކާގެ އިގްތިސާދަށް 24 ބިލިއަން ޑޮލަރު ހިއްސާކުރާ ޕްލެޓްފޯމެއް ބަންދުވެގެންދާނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް