އެމެރިކާ އިން އެހީ ދޭ ނެތުޒާ ޔަހޫޒާ އަކީ ހަމައެކަނި ފިރިހެނުންނަށް ބައިވެރިވެވޭ ހާއްސަ ޔަހޫދީ އަސްކަރީ ފައުޖެއް.

އިޒްރޭލް

އެމެރިކާގެ އަސްކަރީ ދަތިކުރުމުގެ ފިޔަވަޅުތައް ބަލައިނުގަންނާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ހުޅަނގު އައްސޭރީގައި އިންސާނީ ހައްގުތަކާ ހިލާފު ގިނަ އަމަލުތަކެއް ހިންގަމުންދާ ކަމަށް ހުޅަނގުން ވަނީ ބުނަން ފަށާފައި

އިޒްރޭލު އަސްކަރިއްޔާގެ ދަށުން ހިންގާ އެއް ޔުނިޓަށް އެމެރިކާއިން ދެމުން އަންނަ އެހީތައް ކަނޑާލާނެ ކަމުގެ ރިޕޯޓުތަކާ ގުޅިގެން، މިފަދަ ދަތިކުރުމުގެ ފިޔަވަޅުތައް ބަލައިނުގަންނާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެ އެވެ.

"އަހަރެންނަށް ލިބިފައިވާ ހުރިހާ ބާރަކާ އެކު މިކަމާ ދެކޮޅަށް މަސައްކަތް ކުރާނަން،" ނަތަންޔާހޫ ވިދާޅުވި އެވެ.

ހިސާރުކޮށްފައި އޮތް ހުޅަނގު އައްސޭރިގައި އިޒްރޭލުގެ އަސްކަރީ ގްރޫޕް ނެތުޒާ ޔަހޫޒާއިން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހަރަކާތްތަކެއް ހިންގަމުންދާ ކަމުގެ ތުހުމަތުތަކާ ގުޅިގެން ވޮޝިންޓަނުން ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ އެކްސިއޮސް ނޫސް ވެބްސައިޓުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. 

އިންސާނީ ހައްގުތަކަށް އަރައިގަތުމާ ގުޅޭގޮތުން ވޮޝިންޓަނުން އިޒްރޭލުގެ އަސްކަރިއްޔާއަށް ފިޔަވަޅު އަޅާނެތޯ މިދިޔަ ހަފްތާގައި ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެންއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ "އަހަރެން ވަކި ގޮތްތަކެއް ނިންމައިފިން، ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެން ދާނެ،" ކަމަށެވެ.

އިޒްރޭލާ އެންމެ އެކުވެރި ގައުމު ކަމަށްވާ އެމެރިކާއިން މީގެ ކުރިން އެއްގޮތަކަށް ވެސް އިޒްރޭލުގެ އަސްކަރިއްޔާ (އައިޑީއެފް) އަށް ފޯރުކޮށްދޭ އެހީއަކަށް ހުރަހެއް އަޅާފައެއް ނުވެ އެވެ.

އައިޑީއެފް އިން ބުނި ގޮތުގައި ނެތުޒާ ޔަހޫޒާ ގްރޫޕު ހަރަކާތްތެރިވަމުން އަންނަނީ ބައިނަލްއަގްވާމީ ގާނޫނީ އިމުގެ ތެރެއިންނެވެ.

"އެ ގްރޫޕުގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނަމުންދާ ރިޕޯޓުތަކާ ގުޅޭގޮތުން، އައިޑީއެފް އަށް މިކަން އެނގިފައެއް ނެތް،" އައިޑީއެފް އިން ބުނިކަމަށް ރޮއިޓާސް އިން ބުނެފައި ވެ އެވެ.

އެމެރިކާއިން މި ގްރޫޕުގެ މައްޗަށް ފިޔަވަޅު އެޅުމަށް ގެންގުޅެމުން އަންނަ ވިސްނުން ދޫކޮށްލުމަށާއި މުޅި ދުނިޔެއިން އެމެރިކާ އާއި އިޒްރޭލުގެ ގުޅުމަށް ބަލަހައްޓައިގެން މި ދަނޑިވަޅުގައި އެބަތިބި ކަމަށް އިޒްރޭލުގެ އަސްކަރީ ވަޒީރު ޔޮއާވް ގަލަންތު ވަނީ ވިދާޅުވެފަ އެވެ.

އެކްސިއޮސް އިން ހޮނިހިރު ދުވަހު ރިޕޯޓުކުރި ގޮތުގައި، ނެތުޒާ ޔަހޫޒާގެ މައްޗަށް އަޅާ ފިޔަވަަޅުތައް ވަރަށް އަވަހަށް ބްލިންކެން އިއުލާނު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިކަމާ ބެހޭ މައުލޫމާތު ލިބިފައިވާ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

މި ފިޔަވަޅުތައް އަޅާ ސަބަބުތަކުގެ ތެރޭގައި 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު އިޒްރޭލު ސިފައިން ހިންގި އޮޕަރޭޝަނެއްގައި 80 އަހަރުގެ ފަލަސްތީނު-އެމެރިކާ ރައްޔިތެއް ކަމުގައިވާ އުމަރު އަސަދު މަރުވުން ފަދަ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިމެނޭ ކަމަށް އެ ފަރާތްތަކުން ބުންޏެވެ. މި މައްސަލަ ފުރިހަމައަށް ތަހްގީގުކޮށް ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޭރު އެމެރިކާއިން ގޮވާލާފައި ވެ އެވެ.

އައިޑީއެފް އިން މިކަމާ ބެހޭގޮތުން އޭރު ބުނީ، އަސަދު މަރުވުމާ މެދު ހިތާމަކުރާ ކަމަށާއި ނެތުޒާ ޔަހޫޒާގެ ކޮމާންޑަރަށް ފިޔަވަޅު އަޅައި ސިފައިންގެ ދެ މީހެއް ދެ އަހަރު ދުވަހަށް އިސް މަގާމުތައް ފުރުން މަނާކުރާނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް