މި މަހު ސީރިޔާގައި ހުންނަ އީރާންގެ ކޮންސިއުލާއަށް އިޒްރޭލުން ދިން ހަމަލާގައި ތަން ހަލާކުވެފައި

އީރާން

އިޒްރޭލުން އީރާނަށް ހަމަލާ ދީފި

އީރާންގެ އިސްފަހާންއަށް އިޒްރޭލުން މިސައިލް ހަމަލަތަކެއް ދިންކަން އެމެރިކާއިން ވަނީ ކަށަވަރުކޮށްދީފައި
19 އޭޕްރީލު 2024

އިޒްރޭލުން އީރާނަށް މިސައިލް ހަމަލާތަކެއް ދީފިކަން، އެމެރިކާގެ ކަމާ ބެހޭ ރަސްމީ ފަރާތްތަކުން ކަށަވަރުކޮށްދީފި އެވެ.

އީރާންގެ ބައެއް މީޑިއާތަކުން ވެސް ބުނީ މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ އިސްފަހާންގައި ގޮވުންތަކެެއް ގޮވައިފި ކަމަށެވެ. އެކަމަކު އެއީ ހަމަލާއެއް ކަމަކަށް އަދި އެއްބަހެއް ނުވެ އެވެ.

އީރާނުން އިޒްރޭލަށް 300 މިސައިލް އާއި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކަށް ފަހު އިޒްރޭލުން ބަދަލުހިފުމުގެ އަމަލެއް ހިންގާފާނެތީ އީރާނުން އޮތީ ތައްޔާރު ވެސް ވެގެންނެވެ.

އެކަމަކު މައްސަލަ އިތުރަށް ހޫނުވާނެތީ އިޒްރޭލުން ހަމަލާއެއް ނުދީވޭތޯ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދިޔައީ ބާރު އަޅަމުންނެވެ.

މައްސަލައިގެ ފެށުން - މިދިއަ ހޮނިހިރުދުވަހުގެ ރޭ އިޒްރޭލުން އީރާނުން ހަމަލާދިނީ ސީރިޔާގައި ހުންނަ އީރާންގެ ކޮންސިއުލާ އޮފީސް އިމާރާތަކަށް އިޒްރޭލުން ހަމަލާދީ އީރާން ސިފައިންގެ އިސް ޖެނެރަލުންތަކެއް މަރާލުމުންނެވެ.

އީރާންގެ ހަމަލާތައް ފޮނުވާލުމަށް ފަހު ހަމަ އެރޭ އީރާނުން ބުނީ ދެން ހަމަލާތައް ނިމުނީ ކަމާށެވެ. ނަމަވެސް އިޒްރޭލުން ބަދަލުހިފުމުގެ އަމަލެއް ހިންގައިފި ނަމަ އެއަށް ވުރެ ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދިނެވެ.

ތަފްސީލް - އިޒްރޭލްގެ އެންމެ ކައިރި އެކުވެރިޔާ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ގެންދަނީ އިޒްރޭލުން އިތުރު ހަމަލާއެއް ފޮނުވުން ހުއްޓުވަން މަސައްކަތްކުރަމުންނެވެ. ނަމަވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަނގުރާމަ ކެބިނެޓްގައި ހަރުކަށި ފިކުރުގެ މީހުން ތިބޭތީ އެ މީހުން ބާރު އަޅަމުން އަންނަނީ އީރާނަށް ހަމަލާ ދޭށެވެ.

އީރާނުން ބުނީ އިސްފަހާނުން އިވުނު ގޮވުންތަކަކީ މަތިން އައި އެއްޗެހިތަކެއް ގޮއްވާލަން އީރާނުގެ ވައިގެ ދިފާއީ ނިޒާމުން ދިން ހަމަލާތަކެއް އަސަރު ކަމަށެވެ.

"އެއްވެސް ކަހަލަ ގެއްލުމެއް ނުލިބޭ،" އިސްފަހާންގައި ހުރި ސިފައިންގެ ޖެނެރަލަކާ ހަވާލާދީ އީރާންގެ ރަސްމީ މީޑިއާއިން ބުންޏެވެ.

އިސްފަހާންގައި އީރާންގެ މުހިންމު ނިއުކްލިއަ އިމާރާތެއް ހުރެ އެވެ. 

އެެމެރިކާގެ އޮފިޝަލުން ބުނީ އިޒްރޭލްގެ މިސައިލް ހަމަލާތަކެއް އީރާނަށް ފޮނުވާލާފައިވާ ކަމަށެވެ. ނަމަވެސް އެ ހަމަލާތަކުން ލިބުނު ގެއްލުން އަދި ސާފެއް ނުވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް