ވޮޝިންޓަން ޑީސީގެ ކެޕިޓަލް އިމާރާތުގެ ބޭރުގައި ބޭއްވި މުޒާހަރާގެ ތެރެއިން ޓިކްޓޮކް ބޭނުންކުރާ މީހުން ހައުސްގެ ވޯޓު ބަލަނީ [ޖޭ ސްކޮޓް އެޕަލްވައިޓް/އެސޯސިއޭޓެޑް ޕްރެސް]

އެމެރިކާގައި ޓިކްޓޮކް މަނާ ކުރުމަށް ގާނޫނެއް ފާސްކޮށްފި

14 މާރިޗު 2024

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ބޭނުން ކުރުން މަނާ ކުރުމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީސް، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ވަރުގަދަ ބިލެއް ފާސްކޮށްފަ އެވެ. މިއީ ޗައިނާ އާއި ބޮޑެތި ޓެކް ކުންފުނިތަކާ ދެމެދު ހިނގާ ހަނގުރާމައިގެ އެންމެ ފަހު ބޮޅެވެ.

އެ ބިލަށް ސަރުކާރު ޕާޓީގެ މެންބަރުންގެ އިތުރަށް އިދިކޮޅުގެ ތާއީދު ވެސް ލިބުނެ އެވެ. ބިލް ފާސްވީ 352 ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދިނީ 65 މެންބަރެކެވެ.

 އެ ބިލް ދެން ދާނީ 100 މެމްބަރުންގެ މައްޗަށް އެކުލެވޭ ސެނެޓަށެވެ. ސެނެޓްގެ ވިސްނުން އެހާ ސާފެއް ނޫނެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ ބިލު އެމަނިކުފާނުގެ މޭޒާ ހަމައަށަް ހިނގައްޖެ ނަމަ ބިލް ތަސްދީގު ކުރައްވައި ގާނޫނަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެން ވެއްޖެ ނަމަ ޓިކްޓޮކްގެ ޗައިނާގެ ވެރިޔާ ބައިޓްޑާންސަށް އެމެރިކާގެ މުދަލުން ވަކިވާން ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ. ނޫނީ ޖެހޭނީ އެމެރިކާގައި އެ އެޕް މަނާ ކުރާތަން ބަލާށެވެ.

އެ ބިލް ފާސްކުރީ ޓިކްޓޮކްއަކީ ޗައިނާ ސަރުކާރުގެ އަތެއްވާ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ނެވެ. ޓިކްޓޮކް ބޭނުންކުރާ 170 މިލިއަން އެމެރިކާ މީހުންގެ އަތުން އެއްކުރާ ޑޭޓާއަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ކަމުގެ ކަންބޮޑުވުން ސަރުކާރުގެ އޮފިޝަލުން ވަނީ ފާޅުކޮށްފަ އެވެ.

އިންޓެލިޖެންސް މައުލޫމާތު އެއްކުރުމަށް އެހީތެރިވުމަށް އޮގަނައިޒޭޝަންތަކަށް މަޖުބޫރުކުރެވޭ ގޮތަށް ޗައިނާގައި ދާދި ފަހުން ފާސްކުރި ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ސަބަބުން އެ ކަންބޮޑުވުންތަކަށް އިތުރު ހިތްވަރެއް ލިބެ އެވެ.

ނަމަވެސް ބައިޓްޑާންސުން ތަކުރާރުކޮށް ބުނަމުން ދަނީ ޗައިނާ ސަރުކާރުގެ ނުފޫޒެއް ނެތި  އެ ކުންފުނި ހިންގަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ރެޕްރެޒެންޓޭޓިވް ކެތީ މެކްމޮރިސް ރޮޖާސް އިއްޔެ ވިދާޅުވީ އެ ގާނޫނުގެ ސަބަބުން ޓިކްޓޮކަށް ސާފު މަގެއް ހޯދިފައިވާ ކަމަށެވެ.

"ސީސީޕީ [ޗައިނާގެ ކޮމިއުނިސްޓް ޕާޓީ] އިން ބަލަހައްޓާ ތިޔަ ބޭފުޅުންގެ ބެލެނިވެރި ކުންފުނިން ބައިޓްޑާންސުން ވަކިވުން، އަދި އެމެރިކާގައި އޮޕަރޭޓްކޮށް، ނުވަތަ ސީސީޕީއާ އެއްކޮޅަށް ތިބެގެން އެ އޭގެ ނަތީޖާއާ ކުރިމަތިލުން،" އެކަމަނާ ވިދާޅުވި އެވެ.

"ޗޮއިސް އަކީ ޓިކްޓޮކްގެ ޗޮއިސް."

ބިލާ ދެކޮޅު ފަރާތްތަކުން ބުދަ ދުވަހު ބުނީ އެ ބިލްގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި މިއީ މާނަހުރި އިސްލާހެއް ނޫން ކަމަށް އެފަރާތްތަކުން ސިފަ ކުރެ އެވެ.

ހައުސްގެ ވޯޓުގެ ކުރިން ބައިޑަން ސަރުކާރުގެ ގައުމީ ސަލާމަތާ ބެހޭ އިސް އޮފިޝަލަކު ވަނީ ޓިކްޓޮކާއި އޭގެ ސަބަބުން ގައުމީ ސަލާމަތަށް ކުރާނެ އަސަރުތަކާ ބެހޭ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ އެކު ބަންދު ކޮޓަރިއެއްގައި ބްރީފިންއެއް ބާއްވައިފަ އެވެ.

ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވެސް ވަނީ އެ ގާނޫނާ ދެކޮޅަށް ޓިކްޓޮކް ބޭނުންކުރާ މީހުންގެ ކޯލްތައް ގިނަވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

އެ ޕްލެޓްފޯމްގައި މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރުން ހިމެނޭ ގޮތަށް ޓިކްޓޮކްގެ ގިނަ ސަޕޯޓަރުންތަކެއް އިއްޔެ ވަނީ ވޯޓަށް އެހުމުގެ ކުރިން އެމެރިކާގެ ކެޕިޓަލްގެ ކުރިމައްޗަށް އެއްވެފަ އެވެ. އެ ކުންފުނިން ވެސް ވަނީ ވޯޓާ ދެކޮޅު ބަޔާނެއް ނެރެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް