ދެކުނު ކޮރެއާގައި ބާއްވާ ތަމްރީނުތަކަށް ތައްޔާރުުވުމުގައި އެމެރިކާގެ އަސްކަރީ ދެ ސިފައިންގެ މީހަކު ހަރަކާތްތެރި ވަނީ.

ދެކުނު ކޮރެއާ

ދެކުނު ކޮރެއާ އާއި އެމެރިކާގެ އަހަރީ އަސްކަރީ ތަމްރީނުތައް ފަށައިފި

މި ތަމްރީނުތަކުގެ ބޭނުމަކީ އުތުރު ކޮރެއާގެ ނިިއުކްލިއާ އިންޒާރުތައް ހަގީގަތަކަށް ވުން ހުއްޓުވުން ކަމަށް ދެކުނު ކޮރެއާއިން ބުނޭ

އުތުރު ކޮރެއާއިން ދީފާނެ ހަމަލާއަކަށް ތައްޔާރުވެފައި އޮތުމަށް ކޮންމެ އަހަރަކު ދެކުނު ކޮރެއާ އާއި އެމެރިކާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތައް މިއަދު ފަށައިފި އެވެ.

އެގާރަ ދުވަހަށް ކުރިއަށްދާ މި ތަމްރީނުތަކުގައި، މެދުވެރި ވެދާނެ ހަގީގީ ހާލަތްތައް  ބިނާކުރަނިވި ގޮތަކަށް ބޭނުން ކުރެވިގެން ދާނެ ކަމަށް ދެކުނު ކޮރެއާ އާއި ކޮރެއާގައި ތިބި އެމެރިކާގެ އަސްކަރީ ފައުޖު (ޔޫއެސްއެފްކޭ) އިން ވަނީ ބުނެފަ އެވެ.

މި ތަމްރީނުތަކުގެ އަމާޒަކަށް ވާނީ އުތުރު ކޮރެއާއިން ދެމުން އަންނަ ނިިއުކްލިއާ  އިންޒާރުތައް ހަގީގަތަކަށް ވުން ހުއްޓުވުން ކަމަށް ދެކުނު ކޮރެއާގެ އަސްކަރީ ޖޮއިންޓް  ޗީފްސް އޮފް ސްޓާފްގެ ތަރުޖަމާނު ލީ ސަންގް-ޖުން މިދިޔަ ހަފްތާގައި ވިދާޅުވި އެވެ.

ޔޫއެސްއެފްކޭ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ސިފައިންގެ ތައްޔާރީ ހާލަތާއި ދިފާއީ ބާރު ވަރުގަދަ ކުރުމަށް މި ތަމްރީނުތަކުގައި މިހާރު ހިނގަމުން އަންނަ ހަނގުރާމަތަކުން ދަސްވެފައިވާ ކަންކަން ވެސް ބޭނުން ކުރެވޭނެ އެވެ. މީގެ އިތުރުން ވެސް ކޮރެއާ ޕެނިންސިއުލާ އާއި އުތުރު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބޮޑުކުރަން ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް ޔޫއެސްއެފްކޭގެ ބަޔާނުގައި ބުންޏެވެ.

ފްރީޑަމް ޝީލްޑްގެ ނަން ދީފައިވާ އަސްކަރީ މި ތަމްރީނުތަކުގެ އިތުރުން "ވަޔާއި، އެއްގަމާއި، ކަނޑާއި، ޖައްވާއި، ސައިބާ އަދި ހާއްސަ އޮޕަރޭޝަންތައް" ވަރުގަދަ ކުރުމަށް ވެސް ދެކުނު ކޮރެއާގެ އަސްކަރިއްޔާއާ އެކު ގިނަ ކުދި ތަމްރީނުތަކެއް ހިންގަމުން އަންނަ ކަމަށް ޔޫއެސްއެފްކޭއިން ބުނެ އެވެ.

ދެކުނު ކޮރެއާ އާއި އެމެރިކާއިން މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ އަސްކަރީ ތަމްރީނުތައް އުތުރު ކޮރެއާއިން ކުށްވެރިކުރެ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުން ދެކުނު ކޮރެއާއާ މެދު ގެންގުޅުއްވަމުން ގެންދަވާ ބަސްމަގު ފާއިތުވެދިޔަ މަސްތަކުގައި ވަނީ އިތުރަށް ހަރުކަށިވެފަ އެވެ. އެގޮތުން ދެކުނު ކޮރެއާއާ އެކު ގުޅުންތައް އިތުރަށް ބަދަހިކުރަން ބޭނުން ނުވާ ކަމަށާއި، ހަނގުރާމައަކަށް ތައްޔާރުވާން އުތުރު ކޮރެއާގެ އަސްކަރިއްޔާއަށް ކިމް ވަނީ ޖަނަވަރީ މަހު އަމުރު ކުރައްވާފަ އެވެ.

ދެކުނު ކޮރެއާ އާއި އެމެރިކާއިން އަސްކަރީ ތަމްރީނުތަކެއް ފެއްޓުމާ ގުޅޭ (ވީޑިއޯ/ވިއޯން)

އަނެއްކޮޅުން ބަލާއިރު އުތުރު ކޮރެއާއިން އަންނަނީ ރަޝިޔާއާ އެކު ގާތް ގުޅުމެއް ބަދަހި ކުރަމުންނެވެ. ރަޝިޔާއިން ކާބޯތަކެއްޗާއި ޓެކްނޮލޮޖީ ފޯރުކޮށްދޭ މަތިން އުތުރު ކޮރެއާއިން ރަޝިޔާއަށް އަސްކަރީ ސާމާނު ފޯރުކޮށްދޭ ކަމަށް މިފަހުން ދެކުނު ކޮރެއާއިން ވަނީ ތުހުމަތު ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް