ދެކުނު ގާޒާގެ ރަފާގައި ފަލަސްތީނު ރައްޔިތުންތަކެއް ކާބޯތަކެތި ހޯދުމަށް ޖަމާވެފައި.

ގާޒާއަށް ވައިގެ މަގުން އެހީގެ ސާމާނު ވައްދަން ކެނެޑާއިން ވިސްނަނީ

ބޯޑަރު ހުރަސްކޮށް އެއްގަމުން އެހީ ވެއްދުމަށް ހުރި ހުރަސްތަކާ ހެދި ގާޒާއަށް ވައިގެ މަގުން ވެސް އެހީތައް އަންނަނީ ވައްޓަމުން
29 ފެބްރުއަރީ 2024

އުރުދުން ފަދަ 'އެއް ވިސްނުމެއް ގެންގުޅޭ ގައުމުތަކާ' ގުޅިގެން ގާޒާއަށް ވައިގެ މަގުން އެހީގެ ސާމާނު ވެއްޓުމާ މެދު ވިސްނަމުން އަންނަ ކަމަށް ކެނެޑާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ވަޒީރު އަހްމަދު ހުސެން ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގައި މިސްރަށާާއި އުރުދުންއަށް ވަޑައިގެންނެވި ހުސެން ވިދާޅުވީ ރަފާގެ ބޯޑަރުން ގާޒާއަށް ވައްދާ އެހީތައް ބަލާފާސްކުރުމަށް އިޒްރޭލުން ނަގާ ވަގުތާ ހެދި ބޭނުންވާ މިންވަރާ ގާތަށް ވެސް ގާޒާއަށް އެހީ ނުވެވޭ ކަމަށެވެ. 

އިޒްރޭލު ސިފައިން ގާޒާއަށް އެއްގަމުން ވަދެގަތް ފަހުން ކެނެޑާއިން ވަނީ މިހާތަނަށް 74 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފަ އެވެ. މީގެ ތެރެއިން 30 މިލިއަން ޑޮލަރުގެ އެއްޗެހި ކެނެޑާއިން ފޮނުވީ މިދިއަ ޖެނުއަރީ މަހު އެވެ.

"އަހަރެން އެނބުރި ހަމަ މި އައީ އެ ސަރަހައްދުން. ކެނެޑާއިން ފޯރުކޮށްދިން އެހީން ތަފާތެއް ފެންނަމުން އެބަ ދޭ،" ހުސެން ވިދާޅުވި އެވެ.

ފެބްރުއަރީ 26 ގައި އުރުދއަސްކަރީ މަތިންދާބޯޓެއް ރަފާގެ މަތިން އެހީގެ ސާމާނު ވަރަނީ.

ނަމަވެސް އާންމުންނަށް އޭގެ ރާހަތެއް ކުރާ މިންވަރަށް ވެސް ވައިގެ މަގުން އެހީ ފޯރުކޮށްދެވެމުން ނުދާ ކަމަށާއި، މިގޮތަށް އެހީ ވައްދަން މަސައްކަތް ކުރުމުން އިޒްރޭލުން ގާޒާ ބަންދުކޮށްފައި އޮތް އޮތުމަށް ހިތްވަރު ލިބޭ ކަމަށް ރެފިއުޖީސް  އިންޓަނޭޝަނަލް ޖަމިއްޔާގެ ރައީސް ޖެރެމީ ކޮނީންދިކް ވިދާޅުވި އެވެ.

"ވައިގެ މަގުން އެހީތައް ވައްދާ - އެކަމަށް މީޑިއާ ކަވަރޭޖް ދިނުމުން އިންސާނީ އެހީ ވެެއްދުމާ ބެހޭ މަސައްކަތްތަކަށް އިޒްރޭލުން އެއްބާރުލުން ދޭކަމަށް ހީވޭ،" ކުރިން ޔޫއެސްއެއިޑްގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކޮނީންދިކް ވިދާޅުވި އެވެ. 

"ނަމަވެސް އެގޮތަށް އެކަން ކުރަން މަޖުބޫރުވުމުން ފެނިގެން ދަނީ ސިޔާސަތު ބޮޑުކޮށް ފޭލުވެފައިވާކަން."

އެމެރިކާ، ޔޫއޭއީ، އުރުދުން، މިސުރު އަދި ފްރާންސްއާ ގުޅިގެން ދެކުނު ގާޒާއަށް 160 ޕެކޭޖުގެ ކާބޯތަކެއްޗާއި ސިއްހީ ފަރުވާދޭ ސާމާނު ވައިގެ މަގުން ވައްޓާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.

ފަލަސްތީނަށް އެހީ ވެއްދުމާ ބެހޭ އދ.ގެ ޖަމިއްޔާ އުންރުވާއިން ބުނީ ގާޒާއަށް ވަންނަމުން އަންނަ އެހީގެ ލޮރީގެ އަދަދު ޖަނަވަރީ މަހާ އަޅާބަލާއިރު މި ފެބްރުއަރީ މަހު ވަނީ ދެ ގުނަ ދަށަށް ގޮސްފަ އެވެ.

ގާޒާގައި ތިބި އެތައް ހާސް ކުޑަކުދިންނެއް 'މަޑުމަޑުން' ބަނޑަށް މަރުވާން ތައްޔާރުވެފައިވާ ކަމަށް ބުނެ އެހީދޭ އެޖެންސީތަކުން ވަނީ އިންޒާރު ރަނގަބީލު އިއްވާފަ އެވެ.

ހަމާސް-އިޒްރޭލު ހަނގުރާމައިގައި ގާޒާއިން މަރުވެފައިވާ ފަލަސްތީނު ރައްޔިތުންގެ އަދަދު 30،000 ގާތް ކޮށްފައި ވާއިރު، ގާޒާ އަލުން އާރާސްތު ކުރުމާއި ގާޒާއަށް އިންސާނީ އެހީވެއްދުމާ ބެހޭ އދ.ގެ ސީނިއާ ކޯޓިނޭޓަރާ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބައްދަލު ކުރައްވާފައިވާ ކަމަށް އޭނާގެ އޮފީހުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް