އެލެކްސެންޑާ ސްޓަބް އޭނާގެ އަނބިކަނބަލުން ސުޒޭން އިނެސް-ސްޓަބްއާ އެކު.

ފިންލެންޑް

ފިންލެންޑްގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސްޓަބް ކާމިޔާބުކޮށްފި

ިމިފަހުން ނޭޓޯގެ މެމްބަރަކަށްވި ފިންލެންޑުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 11ގައި

ފިންލެންޑުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މެދުތެރޭ-ކަނާތު ފިޔައިގެ ނެޝަނަލް ކޯލިޝަން ޕާޓީގެ ކެންޑިޑޭޓް އެލެކްސެންޑާ ސްޓަބް ކާމިޔާބު ކުރައްވައިފި އެވެ.

މި ކާމިޔާބީއާ އެކު ދެވަނަ ބުރުގައި ސްޓަބްއާ ވާދަ ކުރައްވާނީ ފުރަތަމަ ބުރުން ދެވަނައަށް އެންމެ ގިނަ އަދަދަކަށް ވޯޓު ލިބިވަޑައިގެންނެވި ލިބެރަލް ގްރީ ޕާޓީގެ ޕެއްކާ ހާވިސްޓޯ އެވެ.

އާދިއްތަ ދުވަހު ކުރިއަށް ދިޔަ ވޯޓުލުމުގެ ހުރިހާ ވޯޓެއް މިހާރު ގުނާ ނިމިފައި ވާއިރު ސްޓަބް އަށް ލިބިވަޑައިގެންފައި ވަނީ %27.2 ވޯޓެވެ. އަދި ދެވަނައަށް ދިޔަ ހާވިސްޓޯއަށް %25.8 ލިބިވަޑައިގެންނެވި އިރު ތިންވަނައަށް ދިޔަ ނެޝަނަލިސްޓް ޕާޓީގެ ކެނޑިޑޭޓް ޔޮޝީ ހާއްލަ-އަހޯ އަށް ލިބިވަޑައިގެންނެވީ ވޯޓުގެ %19 އެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައި ވަނީ ފިންލެންޑުގައި ވޯޓުލެވޭ އާބާދީގެ %71.5 އެވެ. 

ރަޝިޔާއާ އެކު ދިގު ބޯޑަރެއް ހިއްސާ ކުރާ ފިންލެންޑުން އާ ރައީސަކު ހޮވުމަށް އިންތިހާބު ބާއްވަމުން މިދަނީ އެ ގައުމުން މިދިޔަ އަހަރު މެދުތެރޭ ނޭޓޯއާ ގުޅުނު ފަހުން ފުރަތަމަ ފަހަރަށެވެ.  ފިންލެންޑުގެ ރިޔާސީ އިންތިހާބުގައި މިފަހަރު ވާދަކުރައްވާ ތިން ކެންޑިޑޭޓުންނަކީ ވެސް ޔޫކްރެއިނަށް ތާއީދު ކުރައްވާ ބޭފުޅުން ނެވެ.

ފިންލެންޑުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ގުޅޭ (ވީޑިއޯ/ޔޫރޯ ނިއުސް)

ފުރަތަމަ ބުރުން ކުރި ހޯއްދެވި ސްޓަބް އަކީ ކުރިން ފިންލެންޑުގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދެވަނައަށް ދިޔަ ހާވިސްޓޯ އަކީ ކުރިން ހާރިޖީ ވަޒީރުގެ މަގާމު ފުރުއްވެވި އަދި އިންސާނީ ހައްގުތަކަށް ވާކާލާތު ކުރައްވާ ބޭފުޅެކެވެ. 

މި އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް