ޖަޖަރުކޮޓްއަށް އައި ބިންހެލުމާ ގުޅިގެން ޖަޖަރުކޮޓް ޑިސްޓްރިކްޓް ހޮސްޕިޓަލްގެ ކޮރިޑޯއެއްގައި ސަލާމަތްވި މީހުންނަށް ފަރުވާ ދެނީ. (ފޮޓޯ/އޭއެފްޕީ)

ނޭޕާލް

ނޭޕާލަށްް އައި ބިންހެލުމެއްގައި 128 މީހަކު މަރުވެއްޖެ

4 ނޮވެމްބަރު 2023

ނޭޕާލުގެ ހުޅަނގު އުތުރުގެ އަވަށްތަކަށް ރޭ ދަންވަރުގެ ވަގުތެއްގައި އައި ބާރުގަދަ ބިންހެލުމެއްގައި 128 މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ނޭޕާލުގެ އޮފިޝަލުން މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޕާލްގެ ހުޅަނގު ޖަޖަރުކޯޓާ ރުކުމް ސަރަހައްދުން ވެސް 80 މީހަކު މަރުވެ، 140އަށް ވުރެ ގިނަ މީހުން ޒަހަމުވެފައިވާ ކަމަށް ނޭޕާލުގެ ދައުލަތުގެ ޓީވީން ބުންޏެވެ.

ރިކްޓާ މިންގަނޑުން 6.4 މެގްނިޓިއުޑްގެ ބިންހެލުން އައިސްފައިވަނީ ޖަޖަރުކޮޓް ޑިސްޓްރިކްޓްގެ ލަމިޑަންޑާ އަށެވެ.

ރޭ ދަންވަރު އައި މި ބިންހެލުމުގެ އަސަރު ވެރިރަށް ކަތުމަންޑޫ އާއި ވަށައިގެންވާ އަވަށްތަކާއި 800 ކިލޯމީޓަރު ދުރުގައި އޮންނަ އިންޑިއާގެ ވެރިރަށް ނިއު ދިއްްލީއަށް ވެސް ވަނީ އިހުސާސް ކުރެވިފަ އެވެ.

މިއަދު ހެނދުނު މެޑިކަލް ޓީމަކާ އެކު ބޮޑުވަޒީރު ޕުޝްޕަކަމަލް ދަހަލް ޕްރަޗަންޑާ ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންފަ އެވެ. އޮފިޝަލުން ވިދާޅުވީ ނޭޕާލް އަސްކަރިއްޔާ އާއި ނޭޕާލް ފުލުހުން ވެސް މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސަރުކާރުގެ އޮފިޝަލް ހަރީޝް ޗަންދުރަ ޝަރުމާ ވިދާޅުވީ ވެއްޓުނު ގެތަކުގެ ދަށުވެ މަރުވި މީހުންނާއި ޒަހަމްވި މީހުން ނެރުމަށް ސަލާމަތީ އޮފިޝަލުން ދަނީ އަނދިރީގެ ތެރޭގައި މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް، ބައެއް ތަންތަނަށް ދިއުން އުނދަގޫ ކަމަށާއި އެއީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަގުތައް ބެދިފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފަރުބަދަމަތީ ނޭޕާލަށް ބިންހެލުން އައުމަކީ އާންމު ކަމެކެވެ. އެގޮތުން، 2015 ވަނަ އަހަރު އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގައި 9،000 އެއްހާ މީހުން މަރުވެ، ގާތްގަނޑަކަށް އެއް މިލިއަން އިމާރާތަށް ވަނީ ގެއްލުންވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް