Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 6:19 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

ބްރިޓިޝް ކޮލަމްބިއާގެ ސަރީގައި މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ހަރްދީޕް ސިންގް ނިއްޖާރު މަރާލާފައިވަނީ "ޓާގެޓެޑް" ހަމަލާއެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނޭ. (ފޮޓޯ/ރޮއިޓާސް)

ކެނެޑާ

ކެނެޑާގައި ސިކުންގެ ލީޑަރަކު މަރާލުމުގައި އިންޑިއާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފި

ކެނެޑާގެ ބިމުގައި ކެނެޑާގެ ރައްޔިތަކު މަރާލުމުގައި ބޭރުގެ ސަރުކާރެއްގެ ބައިވެރިވުމެއް އޮތުމަކީ ސިޔާދަތަށް އަރައިގަތުން ކަމަށް ޓްރޫޑޯ ވިދާޅުވި
19 ސެޕްޓެމްބަރު 2023

ކެނެޑާގައި ސިކުންގެ ލީޑަރަކު މަރާލުމުގައި އިންޑިއާ ސަރުކާރުގެ ދައުރެއް އޮތް ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިއްޔެ ތުހުމަތުކުރައްވައިފި އެވެ.

ބްރިޓިޝް ކޮލަމްބިއާގައި މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ހަރްދީޕް ސިންގް ނިއްޖާރު މަރާލާފައި ވަނީ ސިކުންގެ ފައްޅިއެއްގެ ބޭރުގައި އޭނާ ހުއްޓަ އެވެ.

ކެނެޑާގެ ޖާސޫސީ އިދާރާތަކުގެ ހޯދުންތަކާ ހަވާލާދެއްވައި ޓްރޫޑޯ ވިދާޅުވީ ނިއްޖާރުގެ މަރާއި އިންޑިއާގެ ދައުލަތާ ގުޅުމެއް އޮތްކަން ދެނެގަނެވިފައިވެ އެވެ.

ނަމަވެސް، އެ ވާހަކަ އިންޑިއާ އިން ސިފަކުރީ "ބޭކާރު" ވާހަކައެއްގެ ގޮތަކަށެވެ. ދާދި ފަހުން ބޭއްވި ޖީ20 ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް އެ މައްސަލަ ޓްރޫޑޯ ވަނީ ހިއްސާކުރައްވައިފަ އެވެ.

"ކެނެޑާގެ ބިމުގައި ކެނެޑާގެ ރައްޔިތަކު މަރާލުމުގައި ބޭރުގެ ސަރުކާރެއްގެ ބައިވެރިވުމެއް އޮތުމަކީ އަޅުގަނޑުމެންގެ ސިޔާދަތަށް އަރައިގަތުން. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޓްރޫޑޯ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި އެވެ.

"އެއީ މިނިވަން، ހުޅުވާލެވިފައިވާ އަދި ޑިމޮކްރެޓިކް މުޖުތަމައުތަކުން އަމަލުކުރާ އަސާސީ އުސޫލާ ހިލާފު ކަމެއް."

ނިއްޖާރު މަރާލުމުގައި އިންޑިއާ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އިންޑިއާ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޓްރޫޑޯގެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"ކެނެޑާގައި ހިންގާ އެއްވެސް ހަމަނުޖެހުމެއްގައި އިންޑިއާ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު އަދި ވަކި މަގްސަދެއްގައި ކުރެވޭ ތުހުމަތުތަކެއް،" އެ ބަޔާނުގައިވެ އެވެ.

"ކެނެޑާގެ ބޮޑުވަޒީރު ވެސް މިފަދަ ތުހުމަތުތައް އަޅުގަނޑުމެންގެ ބޮޑުވަޒީރާ ހިއްސާކުރެއްވި. އެ ވާހަކައަށް ކަނޑައެޅިގެން ދެކޮޅު ހަދަން."

މިދިޔަ ހަފުތާގައި އިންޑިއާގައި ބޭއްވި ޖީ-20 ސަމިޓުގައި ޓްރޫޑޯ ވަނީ މޯދީއާ ވަރަށް ނުތަނަވަސް ބައްދަލުވުމެއް ބާއްވާފައި. (ފޮޓޯ/ރޮއިޓާސް)

ޓްރޫޑޯގެ ވާހަކަތަކަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކެނެޑާގެ ފޮރިން މިނިސްޓަރު މެލަނީ ޖޯލީ ވިދާޅުވީ ކެނެޑާ އިން ވަނީ އިންޑިއާގެ ޑިޕްލޮމެޓެއް ކަމަށްވާ ޕަވަން ކުމާރު ރާއީ އިއްޔެ އެ ގައުމުން ބޭރުކޮށްލާފައި ކަމަށެވެ.

ޖޯލީ ވިދާޅުވީ ނިއްޖާރުގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެ މައްސަލައާ ގުޅޭ ގޮތުން ކެނެޑާގެ އޮފިޝަލުން ހާމަކުރަނީ ނިސްބަތުން މަދު މައުލޫމާތުތަކެއް ކަމަށެވެ.

ނިއްޖާރު، 45، މަރާލި ހާދިސާއަކީ "ޓާގެޓެޑް ހާދިސާއެއް"ގެ ގޮތުގައި މީގެ ކުރިން ވެސް ތަހުގީގީ ފަރާތްތަކުން ވަނީ ގިންތިކޮށްފަ އެވެ.

ނިއްޖާރު މަރާލީ ވެންކުވާއާ 30 ކިލޯމީޓަރު ދުރުގައި އޭނާ ހުއްޓައި މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ބަޑިން ހަމަލާދީގެންނެވެ.

އޭނާ އަކީ އެންމެ ހުޅަނގުގެ ޕްރޮވިންސް ކަމަށްވާ ބްރިޓިޝް ކޮލަމްބިއާގައި ދިރިއުޅޭ ސިކުންގެ މެދުގައި މަގުބޫލު ލީޑަރެކެވެ. އަދި އޭނާ އަކީ އިންޑިއާގެ ޕަންޖާބު ސަރަހައްދުގައި ހާލިސްތާނުގެ ނަމުގައި ސިކުންގެ މިނިވަން ވަޒަނެއް އުފައްދަން ފާޅުގައި ކެމްޕޭން ކުރި ލީޑަރެކެވެ. އޭނާގެ ސަޕޯޓަރުން ބުނަމުން ދަނީ މީގެ ކުރިން ވެސް އޭނާ އަކީ އޭނާގެ އެކްޓިވިޒަމްގެ ސަބަބުން އިންޒާރުތައް އަމާޒުވި މީހެއް ކަމަށެވެ.

އިންޑިއާ އިން މީގެ ކުރިން ވެސް އޭނާ ސިފަކޮށްފައި ވަނީ ހަނގުރާމަވެރި، ވަކިވެގަތުމަށް މަސައްކަތް ކުރާ ޖަމާއަތެއްގައި އިސްކޮށް އުޅުނު ޓެރަރިސްޓެއްގެ ގޮތުގަ އެވެ.

ޓްރޫޑޯ ވިދާޅުވީ ނިއްޖާރު މަރާލުމާ ގުޅިގެން ކެނެޑާ އިން އިންޑިއާގެ މަތީ ފެންވަރުގެ ސެކިއުރިޓީ އަދި އިންޓެލިޖެންސް އެޖެންސީތަކަށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކްއާ ވެސް އެ މައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ސާބިތުކަމާ އެކީގައި ދަންނަވަން، އިންޑިއާ ސަރުކާރުން ކެނެޑާއަށް އެއްބާރުލުން ދީގެން މިކަންކަމަށް ޖަވާބު ދިނުމަށް،" އޭނާ ވިދާޅުވި އެވެ.

ޓްރޫޑޯ ވިދާޅުވީ ނިއްޖާރަށް ދިން ބަޑީގެ ހަމަލާގެ ސަބަބުން ކެނެޑާގެ ރައްޔިތުން ރުޅިގަދަވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބައެއް މީހުން އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ބިރުގަނެފައިވާ ކަމަށެވެ.

ބްރިޓިޝް ކޮލަމްބިއާ ސިކްސް ގުރުދުވާސް ކައުންސިލްގެ ތަރުޖަމާނު މޮނިންދަރު ސިންގް ބީބީސީއަށް ވިދާޅުވީ ޓްރޫޑޯގެ ވާހަކަތަކާ ގުޅިގެން މުޖުތަމައުގެ ތެރޭގައި މާޔޫސްކަމުގެ އިހުސާސްތަކެއް އުފެދިފައިވާ ކަމަށެވެ.

ކެނެޑާގައި ހަރަކާތްތެރިވާ ސިކުންގެ އެހެން ޖަމާއަތްތަކުން ވެސް ވަނީ ބޮޑުވަޒީރުގެ މި ވާހަކަފުޅަށް މަރުހަބާ ކިޔައިފަ އެވެ

ކެނެޑާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންގެ އަދަދު އުޅެނީ 1.4 މިލިއަނާއި 1.8 މިލިއަނާ ދެމެދުގަ އެވެ. އިންޑިއާގެ ޕަންޖާބު ސްޓޭޓުން ބޭރުގައި އެންމެ ގިނައިން ސިކުންގެ އާބާދީއެއް އޮންނަ ގައުމަކީ ވެސް ކެނެޑާ އެވެ.

މިދިޔަ ހަފްތާގައި އިންޑިއާގައި އޮތް ޖީ20ގެ ބައްދަލުވުމަށް ފަހު އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ބައްދަލުވުމުގައި މޯދީ ވަނީ ކެނެޑާ އިން "ހަރުކަށި ފިކުރުގެ މީހުން އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް" ހުއްޓުވަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. މޯދީ އެ އިޝާރާތް ކުރެއްވީ ސިކުން ކެނެޑާގައި ހިނގަމުންދާ ވަކިވެގަތުމުގެ ހަރަކާތަށް އިޝާރާތް ކުރައްވައިފަ އެވެ.

ކެނެޑާ އިން ވެސް ދާދި ފަހުން ވަނީ އިންޑިއާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް މެދުކަނޑާލައިފަ އެވެ. އޭގެ ސަބަބުތަކުގެ ތަފްސީލެއް އެ ގައުމުން ނުދިން ނަމަވެސް، އިންޑިއާ އިން ވަނީ "ބައެއް ސިޔާސީ ކަންކަން" ފާހަގަކޮށްފަ އެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް