އަދަބު ދިން ދެ މީހުން ސައުދީ އަރަބިއްޔާ އާއި ބަހްރެއިންގައި ދޭން ރާވަމުން ދިޔަ ހަމަލާތައް ހުއްޓުވާފައިވާ ކަމަށް ސައުދީން ބުނޭ

ޓެރަރިޒަމްގެ ތުހުމަތުގައި ސައުދީން ބަހްރެއިންގެ ދެ މީހަކަށް މަރުގެ އަދަބު ދީފި

މި އަހަރު މިހާތަނަށް 40 މީހަކަށް ސައުދީން ވަނީ މަރުގެ އަދަބު ދީފައި

'ޓެރަރިސްޓު' އޮޕަރޭޝަންތައް ރޭވުމުގެ ކުށް ސާބިތުވި ބަހްރެއިންގެ ދެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާ ކަމަށް  ސައުދީ  އަރަބިއްޔާގެ  ދާހިލީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފި އެވެ. 

ބަހްރެއިންގެ ދެ މީހުން ކަމަށްވާ ޖާފަރް ސުލްތާން އާއި ސާދިގް ތާމާގެ މައްޗަށް ސައުދީ އިން ދައުވާކުރީ 'ބަހްރެއިންގައި ހޯދަން ބޭނުންވެފައިވާ މީހެއް ހިންގަމުން ދިޔަ ޓެރަރިސްޓު ޖަމާއަތަކާ' ގުޅެން އުޅުމުގެ ކުށަށެވެ.

ސައުދީން މި ދެ މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ގޮތުން ބަހްރެއިނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. 

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މަރުގެ އަދަބު ދެމުން އަންނަ އެއް ގައުމު ކަމަށް ވާ ސައުދީން 2 މެއިން ފެށިގެން މިހާތަނަށް 'ޓެރަރިޒަމް'ގެ ތުހުމަތުގައި ނުވަ މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރި އެވެ. އަދި މި އަހަރުގެ މިހާތަނަށް 40 އަށް ވުރެ ގިނަ މީހުންގެ މައްޗަށް މި ހުކުމް ތަންފީޒު ކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުގެ  މީޑިއާތަކުން ރިޕޯޓު ކުރެ އެވެ. 

މިދިޔަ އަހަރު ސައުދީން މަރުގެ ހުކުމް ތަންފީޒުކޮށްފައި ވަނީ 147 މީހެއްގެ މައްޗަށެވެ. މީގެ ތެރޭގައި "ޓެރަރިޒަމާ ގުޅުހުން ހުރި" ކުށްތަކުގައި މަރުގެ ހުކުމް އިއްވިފައި ތިބި 81 މީހެއްގެ މައްޗަށް ހުކުމް ތަންފީޒު ކުރެވިފައި ވަނީ އެންމެ ދުވަހަކު އެވެ.

ސައުދީން އިން މަރުގެ ހުކުމް ތަންފީޒު ކުރި 2 ބަހްރެއިނު ރައްޔިތުން "ސައުދީ އަރަބިއްޔާ އާއި ބަހްރެއިނުގެ ރައްކާތެރިކަން ނަގާލުމުގެ މަގްސަދުގައި ޓެރަރިސްޓުން ހިންގަމުން ދިޔަ ކޭމްޕެއްގައި ބައިވެރިވެ ތަމްރީނު ހޯދާފައިވާ،" ކަމަށް، އިތުރު ތަފްސީލެއް ނުދީ ސައުދީގެ ދާހިލީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.

އަދި މީގެ އިތުރުން ވެސް ސައުދީގައި ތިބި "ޓެރަރިސްޓުންނަށް" އެހީތެރި ވެދިނުމަށް ގޮވާތަކެތި ވައްދާ ސައުދީގަ އާއި ބަހްރެއިނުގައި ހަމަލާތައް ދިނުމަށް ރޭވުމުގައި އެހީތެރި ވެދިމުނުގެ ތުހުމަތު ވެސް މި ދެމީހުންގެ މައްޗަށް އުފުލުނެވެ. 

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން މައުލޫމާތު ދޭގޮތުގައި ސުލްތާން އާއި ތާމާ ހައްޔަރު ކުރެވުނީ 2015 ވަނަ އަހަރު މޭ މަހުގެ 8 ވަނަ ދުވަހު ސައުދީ އަރަބިއްޔާއިން ނެވެ. އަދި އެމީހުންގެ މައްޗަށް ހުކުމް އިއްވާފައި ވަނީ 2021 ގެ އޮކްޓޯބަރު މަހު އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް