އާޓް

އާޓިސްޓް އިހްފާލްގެ 'ސެރެނިޓީ' މައުރަޒު ގައުމީ އާޓް ގެލެރީގައި ދައްކާލަނީ

ްގައުމީ އާޓް ގެލެރީގައި އާޓިސްޓް އިއްފަ ބޭއްވި ހަތަރު ވަނަ އަމިއްލަ ކުރެހުމުގެ މައުރަޒުގައި އޭނާ ތެޔޮ ކުލަ ބޭނުންކޮށްގެން ފުރިހަމަކޮށްފައިވާ ކުރެހުންތަކެއް ދައްކާލަނީ

މަޝްހޫރު އާޓިސްޓު ހުސެއިން އިހްފާލް އަހްމަދު 'އިއްފަ'ގެ އަމިއްލަ ކުރެހުމުގެ މައުރަޒު 'ސެރެނިޓީ އޮފް ދަ އައިލަންޑް ލައިފް' ގައުމީ އާޓް ގެލެރީގައި ކުރިއަށް އެބަދެ އެވެ. ރާއްޖޭގެ ސަގާފަތައި ހިތްގައިމު ގުދުރަތީ މަންޒަރުތަކެއް ދައްކުވާދޭ މިމައުރަޒުގަ އޭނަ ވަނީ 25 މަސައްކަތެއް ދައްކާލައިފަ އެވެ.

އާޓިސްޓް އިހްފާލްއަކީ ރާއްޖޭގެ ފަންނުވެރިކަމުގެ ދާއިރާއަށް ގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ފަންނާނެކެވެ. އިއްފަގެ މަގުބޫލު މަސައްކަތްތަކުގެ ތެރެއިން 'ކޮފީ އާޓް' މަސައްކަތްތަކާއި ރާއްޖޭގަ ފުރަތަމަ ފަހަރަށް ކަނޑު އަޑީގައި ކުރެހުމުގެ މައުރަޒެއް ބޭއްވި އެއް ފަންނުވެރިއަކީ އިއްފަ އެވެ.

'ސެރެނިޓީ' މައުރަޒު ގައުމީ އާޓް ގެލެރެީގަ ކުރިއަށްދާނީ މިމަހުގެ 16ގެ ނިޔަލަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް