ސަތޭކަ

މުނާގެ ހިތަށް ހޯދި ސަތޭކައިގެ ތަސައްލީ

މުނާ އަކީ ފުލްޓައިމް ޓީޗަރެކެވެ. ނަމަވެސް އޭނާގެ ހިތަށް ލިބޭ ތަސައްލީ އަކީ މި އެވެ.
15 އޭޕްރީލު 2024

ފާތުމަތު މުނާއަށް މިއީ ވަރަށް 'ޕާސަނަލް' ދަތުރެކެވެ. މުދައްރިސެއްގެ ގޮތުގައި އޭނާ ހޭދަކުރި 25 އަހަރަށް ވުރެން ވެސް މާ ހާއްސަ ދަތުރެކެވެ. ވޫލުން ވިޔަމުން އޭނާ މި ގަތައި ދެނީ އޭނާގެ މަންމަގެ ހަނދާންތަކެވެ. މުނާ އޭނާގެ މި ދަތުރު ފެށީ މަންމަ ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލުގައި ބާއްވައިގެން އުޅެން ޖެހުނު ދުވަސްތަކެއްގެ ތެރޭގައި ބަންދުވެފައިވީ ފިކުރުތަކެއް ހުސްކުރުމަށެވެ.

މި މަސައްކަތް މިއަދު ވެފައި ވަނީ ހަމައެކަނި ހޮބީއަކަށް ނޫނެވެ. އޭނާގެ މަންމަގެ ހަނދާންތައް އެންމެ އާކޮށްދޭ މަސައްކަތަކީ ވެސް މިއެވެ. އަދި މަންމަ މިއަދު އެކުގައި ނެތުމުގެ ހިތާމަ އާއި އެކަނިވެރިކަމަށް ހޯދާ ތަސައްލީއަކީ ވެސް މި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް