ކެންޑިޑޭޓެއްގެ ތަފާތު އާދައެއް: ބޮލުގައި އަބަދުމެ މަލެއް

ގަލޮޅު އުތުރު ދާއިރާގައި ސަރުކާރުން ތާއީދުކުރާ އާމިނަތު މިޔާދާ (އާނަ) ގެއިން ބޭރަށް ނުކުންނަވާ އިރު ބޮލުގައި މަލެއް ޖައްސަވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ
14 އޭޕްރީލު 2024
6

ގަލޮޅު އުތުރު ދާއިރާއަށް ސަރުކާރުގެ ތާއީދު މިހާރު އޮތީ އާމިނަތު މިޔާދާ (އާނަ) އަށެވެ. އޭނާގެ ފޮޓޯތަކަށް ބަލާއިރު އެންމެންގެ ލޮލުގައި ވެސް އަޅައިގަންނާނީ ކަނާތް ފަރާތުގައި ޖަހާފައި ހުންނަ މަލެވެ.

ކުރިން ޓީޗަރެއްގެ ގޮތުން މަސައްކަތްކުރެއްވި އަދި ޓީވީއެމްގައި ކުޑަކުދިންނަށް ހާއްސަ ޝޯއެއް 2000ގެ އަހަރުތަކުގެ ކުރީކޮޅު ހުށައެޅުއްވި މިޔާދާގެ މި އާދަ ފެށުނީ މީގެ 23 އަހަރު ކުރިންނެވެ. އެކަމަކު މަލަކީ އޭނާ ކުޑައިރުއްސުރެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

"އެންމެ ކުޑަކުޑަ އިރުއްސުރެ ގޭގައި ހުންނާނެ ބަގީޗާއެއް، ދެން ކޮންމެ ދުވަހަކު ހޭލައިގެން އަބަދުވެސް ބަގީޗާ ތެރޭގައި އުޅޭނީ. މާތައް ބިނދެލާ، މާތައް ބަލާލައި، ސާފުކޮށްލައި، އެއީ ހުރިހާ ވެސް ހިތްހަމަޖެހުމަކީ،" މިޔާދާ ވިދާޅުވި އެވެ.

"އެންމެ ދެރަވާ އިރު ވެސް ބައިވަރު މާތަކެއްގެ ތެރެއަށް ދެވިއްޖެއްޔާ ވަރަށް އުފާވޭ."

އެކަމަކު ބޮލަށް މާ ޖަހައިގެން ބޭރަށް ނުކުންނަވަން ފެއްޓެވީ މީގެ 23 އަހަރު ކުރިންނެވެ. ފުރަތަމަ ސްކޫލަށް ވަޑައިގަންނަވާ އިރު އެވެ. އެކަމަކު ފަހުން އައިސް ބަދަލުވީ ގެއިން ނުކުންނަވާ ކޮންމެ ފަހަރަކު ވެސް ބޮލުގައި މަލެއް ޖެއްސެވުމުގެ އާދައަކަށެވެ.

ފިހާރައިން މާ ގަނެގެން ގޭގައި އަބަދުވެސް ބަހައްޓަވަ އެވެ.

"މަލެއް ނެތިގެން ނުޖަހާ ހަނދާނެއް ނެތް. މިސާލަކަށް ބަންދު ދުވަހެއް [ނަމަ] އެދުވަހު ހުންނާނީ ގެއިން ނުނިކުމެ،" މިޔާދާ ވިދާޅުވި އެވެ.

"ކޮންމެވެސް މަލެއް ޖަހައިގެން ނުކުންނާނީ."

ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގައި ވެސް އޭނާ އިންނަވާނީ ބޭނުންކުރައްވާ ހެދުމަކާ ގުޅޭ މަލެއް ޖައްސަވައިގެންނެވެ.

ކޮމެންޓް (6)

profile-image-placeholder

ހަފީޒާ ކުރުސީ

18 އޭޕްރީލު 2024
މަޖްލީހުގެ މަސައްކަތްތަކަށް ވަރަށް މުހިންމު ފޯމުއިލާއެއް ތިއީ މާޖެހުމަކީ. މީގެ ކުރިން ބަޔަކަށް އަދި ނޭނގި އޮތް ކަމެއް މި އެނގުނީ. ޝުކުރިއްޔާ. މީގެ ފަހުން ޓެކްސްޓް ފޮތްތަކުގަ ވެސް ތި ވާހަކަ ވާނެ ލިޔަން. އަންނަން އޮތް ޖީލުތަކަށް ތި ހޯދުމުގެ މައުލޫމާތު އަމާނާތްތެރިކަމާއެކު ފޯރުކޮށްދޭން ވާނެ. ކެމްޕޭން މުއްދަތު ހަމަވާން އުޅެނިކޮށް ވިއްޔަ ތި ވާހަކަ ތި ބުނީ. ނޫންނަމަ ހުރިހާ މެންބަރުން ވެސް ދުވީސް މާ ހޯދަން

ވަތުކިބަ

17 އޭޕްރީލު 2024
މަލަކީ މޯޅިވާ އެއްޗެއް !

ލޯލާ

17 އޭޕްރީލު 2024
thee kada meeheh

ބަގަރ

17 އޭޕްރީލު 2024
ވަޓް އިސް ދިސް އީވަން؟ ވޯޓް ލާންވީ ގޮތް ނިންމަން މުހިންމީ ގާބިލުކަން. މަލަކާ ގުޅުވައިގެން ކޮން ފޭކު ވާހަކަ އެއް މިއީ؟

ހާމިދު ޝާހިދު

15 އޭޕްރީލު 2024
ތިވާނީ މާޖެހި މެންބަރަށްތާ! ސަރުކާރުން މީނާއަށް ތާއީދު ކުރަނީ ކީއްވެގެންބާ! މިއީކީ، ޕީއެންސީގެ މެމްބަރެއްވެސް ނޫން. އަމިއްލަ ގޮތުން ވާދަ ކުރައްވާ ފަރާތެއް. ޕީޕީއެމްގައި އެދާއިރާ ތަމްސީލު ކުރާނެ ޤާބިލު ތަޢުލީމީ ތަޖްރިބާކާރު ގިނަ މެމްބަރުންތަކެއް ތިބި. ރައީސް ޔާމީން ވިދާޅުވާހެން ޕީޕީއެމް އެވަނީ ވަޅު ޖައްސާލާފައި.

ތެފައާސާ.

15 އޭޕްރީލު 2024
ބޮލުގައި މާޖެހުން ކޫލް. ބޮލުގައި ޑިމޮކްރަސީގެ އަސާސްތައް ނެތީމާ އެހާ ކޫލްއެއްނޫން. ޕާޓީގެ ބެކިންގައި ވާދަކުރަން ބޭނުންނަމަ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްގެން ޕާޓީގެ ޓިކެޓު ހޯދަންވީ. ވަލުދޮރާށިން ވަނދެ ޕާޓީގެ ޓިކެޓު ހޯދީމާ ކަޑަ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް