ސިޔާސަކަ

ސިޔާސަކަ: މޭޔަރު ކެންޑިޑޭޓް އާދަމް އާޒިމް

10 ޖެނުއަރީ 2024

އާންމުން އޭނާ ދަންނަނީ، ސަރުކާރުގެ ބޮޑެތި ކުންފުނިތަކެއްގައި އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ފެން ކުންފުންޏާއި އެސްޓީއޯ އަދި އެމްޓީސީސީ އިތުރު ހަރުފަތްތަކަކަށް ގެންގޮސްދެއްވި 'ހިންގުންތެރި ބޮސްއެއް'ގެ ގޮތުގައި ގިނަ ބަޔަކަށް އޭނާ ފާހަގަކުރެވެ އެވެ.

ކުންފުނިތަކުގައި އޭނާ ހޯއްދެވި ކާމިޔާބީތަކާއި 30 އަހަރުގެ ތަޖުރިބާއާ އެކު އާޒިމް މިހާރު އެ ކަމަރު ބަންނަވަނީ ސިޔާސީ މައިދާނުގައި މުހިއްމު މަގާމެއް ހޯއްދެވުމަށެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް އޭނާ ނުކުންނެވީ، އާޒިމް ވިދާޅުވިގޮތުގައި، ތައުލީމީ ގާބިލް މީހުން އެފަދަ މަގާމުތަކަށް ބޭނުންވާ ކަމަށް ގަބޫލުކުރައްވާތީ އެވެ. އޭނާގެ މޭސްތިރިކަމުގެ ދަށުން މާލޭގެ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ އުންމީދާ ވެސް އެކުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް