ރީކޯ މޫސަ: ރައީސް ސޯލިހު އެއް ބުރުން ހޮވޭނީ ކިހިނެއް؟

29 އޯގަސްޓު 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގެންދަވަނީ އެހެން ވިދާޅުވަމުންނެވެ. އެމަނިކުފާނުގެ ކެމްޕޭން ޓީމުން ވެސް ތަކުރާރުކޮށް އެ ބުނަނީ 'ރައީސް ސޯލިހު އެއް ބުރުން ހޮވޭނެ' ކަމަށެވެ. އެތައް ކެންޑިޑޭޓުން ފަހަތުގައި ވިއްދާފައި ތިއްބެވި އިރު ވެސް، ރައީސަށް ނުވަތަ އެމަނިކުފާނުގެ ޓީމަށް އެ ޔަގީންކަން ލިބެނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދަން 'ދައުރު'ން މިފަހަރު ބައްދަލުކުރީ ރައީސްގެ ކެމްޕޭންގައި ގިނަ އަދަދެއްގެ ރަށްރަށަށް ވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާ އެވެ.

މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކަށް ބަލާއިރު މޫސައަށް މިހާތަނަށް ތަޖުރިބާކުރެއްވިފައި އޮތީ އެންމެ ކާމިޔާބީއެކެވެ؛ 2008ގެ ރިޔާސީ އިންތިހާބެވެ. އޭނާއަކީ އެ އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ އެހީތެރިއެކެވެ. އެކަމަކު އެމްޑީޕީގައި ހުންނަވައިގެން 2013ގެ އިންތިހާބު ނަޝީދަށް ވީ ނާކާމިޔާބީ އެވެ. އަދި އޭގެ ފަހުން 2018ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ހޮވަން އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްއާ އެކު ކުރެއްވި މަސައްކަތް ވެސް ނިމުނީ، ވޯޓުން ބަލިވެގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް