ރީކޯ މޫސައަށް 'ޖިންނި ޖިނާ'އަށް ރައްދުކުރި ސުވާލުތައް

27 އޯގަސްޓު 2023

އަޅުގަނޑަކީ ނޫސްވެރިއެކެވެ. އޭގެ ބޭރުން، އަމިއްލަ އެހެން ޝައުގުވެރިކަމެއްގައި، އެތައް ވާހަކައެއް ލިއެފީމެވެ.

ރީކޯ މޫސާ މަނިކަކީ ސިޔާސީ ބޭފުޅެކެވެ. އޭގެ ކުރިން އޭނާ މަޝްހޫރުކަން ހޯއްދެވީ ފިލްމީ ދާއިރާއިންނެވެ.

ދެ މޫސަ، އެތައް އަހަރަކަށް ފަހު ފުރަތަމަ ފަހަރަށް ބައްދަލުވީ 'ދައުރު'ގެ ސްޓޫޑިއޯއިން މިދިއަ ހުކުރުދުވަހު ހަވީރެވެ. 'ވޯޓު 23' ޕްރޮގްރާމްގެ އަސްލު މައުލޫއަށް ފެށުމުގެ ކުރިން މޫސައާ މެދު އަޅުގަނޑު ބެލީ ހިޔާލީ ނަޒަރަކުންނެވެ. ކުރިމަތީގައި އެ އިނީ، މީގެ 25 އަހަރު ކުރިން ނެރުނު 'ފަތިސް ހަނދުވަރު'ގެ މައި ޝަހުސިއްޔަތު ޖިނާ އެވެ. ޖިންނިއެކެވެ. ޖިނާއާ ލޯބިވެގެން އުޅުނީ ޒޫނާ ނަމަކަށް ކިޔާ ދިވެހި އަންހެނެކެވެ.

"އިންސާނުން މިއީ ހާދަ އަމިއްލަ އެދުން ބޮޑު ބައެކޭ ދޯ. ކިރިޔާ ބާރެއް ލިބޭ އިރަށް ވެސް ހީވަނީ އެހެން ފަދަ ކަމެއް ވެގެން އުޅޭހެން،" މިއީ ޒޫނާއާ ދިމާލަށް ޖިނާ ބުނެލާ އެއް ވާހަކަ އެވެ.

ބިންމާ އިބްރާހިމް ވަހީދު ލިއުނު އަދި މިހާތަނަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބުނު ދިވެހި ވާހަކަ އާއި އެ ވާހަކައިގެ މައްޗަށް ކުޅުނު އަދި ދިވެހިން ދުށް އެންމެ މަޝްހޫރު އެއް ފިލްމުގެ އެ ޑައިލޮގްކޮޅު އެތައް ބައެއްގެ ހަނދާނުގައި މިހާރު ވެސް ހުންނާނެ އެވެ. ލޯބިވެރިޔާއާ ދިމާއަށް ޖިނާ ދޫކޮށްލި މަލާމާތުގެ އެ ވާހަކަ، މިއަދު، ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް އަމާޒުކޮށްފި ނަމަ، ނެގޭނީ ދާދި އެއް މާނައެކެވެ. ސިޔާސީ ލީޑަރުންގެ އަމިއްލަ އެދުން އެހާ ބޮޑުކަމެވެ. ބާރެއް ލިބުމުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް