ކާ ޝޯ

ކާޝޯ ނިންމުން: އިފްނާޒް ބުނީ ވެލި ވެސް ކެއީމޯ

މި ފަހަރުގެ ގެސްޓަކީ ފިލްމު 'ބަވަތި' އިން ފިލްމީ ދުނިޔެ އަށް ތައާރަފްވި އެކްޓަރު އިފްނާޒެވެ. މި ހާއްސަ އެޕިސޯޑުގައި އޭނާ ކިޔައި ދެނީ އަދި މާ ހާއްސަ ވާހަކައެކެވެ.

ދިވެހި ފިލްމު 'ބަވަތި' އިން ބޮޑު ސްކްރީނަށް ތައާރަފްވި އެކްޓަރު އަހުމަދު އިފްނާޒް ފިރާގަކީ އަސްލު ވަރަށް ވެސް 'ޑައެޓް' މީހެކެވެ. އަބަދުވެސް ކޮންމެވެސް ކަހަލަ ޑައެޓެއްގައި އުޅެން ބޭނުންވާ މީހެކެވެ. އެކަމަކު ޖެހުނު ހަމަ ކޮންމެ އެއްޗެއް ވެސް ކާ ހިތްވާ މީހެކެވެ.

ކާ ޝޯގެ މި އެޕިސޯޑުގައި އޭނާ އެ ހުރިހާ ވާހަކައެއް ވެސް ކިޔައިދެ އެވެ. އެކަމަކު ވެސް އެންމެ ސަޅީ 'ވެލި ކެއި' ވާހަކަ އެވެ. އަދި ހިރަފުސް ގިރައިގެން ބުއި ވާހަކަ އެވެ.

މި އެޕިސޯޑާ އެކު 'ކާ ޝޯ'ގެ މި ސީޒަން ނިމުމަކަށް އައީ އެވެ. މި އެޕިސޯޑްގެ ފުޑް ޕާޓްނަރަކީ ސީހައުސް މޯލްޑިވްސް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް