ކާ ޝޯ

ޖޭމް އައްލޯގެ ކާ ޝޯ: އަދިވެސް ޖާދޫގާ ޖެހޭނޭ

ރާއްޖޭގެ އަސްލު މިސްޓަ މޯލްޑިވްސް އަކީ ޖޭމް އައްލޯ ކަމާ މެދަކު ޝައްކެއް ވެސް ނެތެވެ. އެކަމަކު މިފަހަރު މި އޮތީ ކެމެރާ ކުރިމަތީގައި އޭނާ ވަރަށް ނުކުރާ ކަމެކެވެ. ނުދައްކާ ވާހަކަތަކެކެވެ.
21 އޭޕްރީލު 2023
1

އަބްދުﷲ ނިޔާޒުއޭ ބުނުމުން ނުވެސް އެނގޭނެއެވެ. އެކަމަކު ޖޭމް އައްލޯއޭ ބުނީމަ އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ދިވެހި ވީޑިއޯ ލަވައިގެ ރަން ޒަމާނުގައި ހުރިހާ ބެލުންތެރިން ޖާދޫގައި ޖެއްސި މޫނާއި ހަށިގަނޑެވެ. އުމުރުން ބައި ގަރުނު ފަހަނަޅައި ގޮސްފައި ވިޔަސް އައްލޯގެ އެ ޖާދޫ އަދިވެސް ފަނޑެއް ނުވެއެވެ. އެކަމަކު މިފަހަރު މި އޮތީ އައްލޯއާ އެކު މުޅިން ތަފާތު ތަޖުރިބާއެކެވެ.

ކާ ޝޯގެ ފަސްވަނަ އެޕިސޯޑަށް މަރުހަބާއެވެ. މިއީ އައްލޯގެ 30 އަހަރުވީ ފިޓްނެސް ކެރިއަރާއި ލައިފުގައި ނުދައްކައި ހުރި ހުރިހާ ވާހަކައެކެވެ. ވަކިން ހާއްސަކޮށް އެކްޓިންގެ ދާއިރާއިން އަދި ރިހި ސްކްރީނުން އަދިވެސް ޖޭމް އައްލޯ ނުގެއްލޭ ކަމުގެ ޔަގީންކަން އޭނާ ދޭ މޮޅު ކެއުމެވެ.

ކޮމެންޓް (1)

ނާނު

24 އޭޕްރީލު 2023
އައްލޮލަށް ކަނާތުންކާން ދަސްކޮއްދީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް