ކާ ޝޯ

އަޝްފާގެ ކާޝޯ: ބީވެގެން ނުދާނެ ރަހަތަކެއް އަދި ލަވަތަކެއް

17 އޭޕްރީލު 2023

ލަވަކިޔުންތެރިއެއްގެ ގޮތުގައި މަރިޔަމް އަޝްފާ އެހުންތެރިންގެ ހިތްތަކުން ޖާގަ ހޯދިތާ އެތައް ޒަމާނެކެވެ. އެންމެ ފަހުން އޭނާ މި ވަނީ، ހަމައެކަނި ހުނަރަކީ ލަވަކިޔުން ނޫން ކަމުގައި ސާބިތުކޮށްދީފަ އެވެ. ޑާކް ރެއިން އެންޓަޓެއިންމަންޓުން މި އަހަރު ގެނެސްދިން ފިލްމު 'ބީވީމާ'ގައި ލީޑް ރޯލު ކުޅެގެން އަޝްފާ ވަނީ އޭނާގެ އެކްޓިން ހުނަރު ވެސް އެތައް ބަޔަކަށް ސާބިތުކޮށްދީފަ އެވެ. އެކަމަކު އެ ހިސާބުން އަދި އަޝްފާގެ ހުނަރުތަކުގެ ވާހަކަ ނިމުނީކީއެއް ނޫނެވެ.

ކާ ޝޯގެ މި ހާއްސަ އެޕިސޯޑްގައި އަޝްފާ މި ކިޔައި ދެނީ އޭނާގެ ކިބައިގައިވީ އިތުރު އެތައް ހުނަރެއްގެ ވާހަކަ އެވެ. ވަކިން ހާއްސަކޮށް ކެއްކުމާއި ކެއުމަށް އޮތް ފޯރީގެ ވާހަކަ އެވެ.

އެހެންވީމަ، އަޝްފާ އެންމެ މޮޅީ ލަވަކިޔަންތޯ، އެކްޓްކުރަންތޯ، ކައްކަންތޯ ނުވަތަ ކާންތޯ މި އެޕިސޯޑުން ވަރަށް ރަނގަޅަށް ސާފުވެގެން ދާނެ އެވެ. ކުރިއަށް ވަޑައިގަންނަވާށެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް