ސިޔާސަކަ

އެންމެ ކުލަގަދަ، އެންމެ އަޑުގަދަ: ޖާބިރު މި ކައްކަނީ ކޮން އެއްޗެއް؟

މި އިންޓަވިއުގައި ޖާބިރަށް އެންމެ ކަމުދިޔަ ސުވާލަކަށްވީ 'ރާއްޖޭގެ ރައީސްކަން ދެތިން ދުވަހަށް ލިބިއްޖެ ނަމަ އުޅުއްވާނެ ގޮތާއި ކުރައްވާނެ ކަންތައްތަކަކީ ކޮބައިތޯ އެވެ؟'
5 ފެބްރުއަރީ 2023
9

'ސިޔާސަކަ' އެވެ. – ނޫނެކެވެ. ސަމާސާއެކެވެ. ނޫނެކެވެ. ސިޔާސީ ހަލަބޮލިކަމާއި ހޫނުކަމުން ފިނި ހިޔަލަކަށް ގެންގޮސްދޭނޭ އިންޓަވިއުއެކެވެ. – 'ސިޔާސަކަ' މިއީ އެ ޝޯ އެވެ. 

ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރުގެ ވެރިކަމެއްގައި ދިވެހި ރާއްޖެ އޮންނާނެ ގޮތް، ނުވަތަ އޮވެދާނެ ގޮތަކީ ހަގީގަތުގައި ވަރަށް ޝައުގުވެރިކުރުވަނިވި ތަސައްވުރެކެވެ. ވަރަށް ގިނަ މީހުންގެ ނަޒަރުގައި މިއީ ބިލާހެކެވެ. އެކަމަކު އަބްދުﷲ ޖާބިރަށް ހަމަ 100 ޕަސެންޓް ޔަގީނެވެ. އެހެންވީމަ، ރައީސަކަށް 'ޗެއާމަން' ހުންނަވައިގެން އަމްރުމައުރޫފު ހިންގަވަމުން ގެންދަވާތަން ހިޔާލަށް ނިކަން ގެނެސް ބައްލަވާށެވެ؟

'ސިޔާސަކަ'އިގެ ފުރަތަމަ އެޕިސޯޑަށް ދެއްވި އިންޓަވިއުގައި ޖާބިރަށް އެންމެ ކަމުދިޔަ ސުވާލަކަށް ވެސް ވީ މި ސުވާލެވެ: "ރާއްޖޭގެ ރައީސްކަން ދެ ތިން ދުވަހަށް ލިބިއްޖެ ނަމަ އުޅުއްވާނެ ގޮތާއި ކުރައްވާނެ ކަންތައްތަކަކީ ކޮބައިތޯ އެވެ؟" ސުވާލު ކަމުދިޔަވަރުން، ޖަވާބު ދެއްވީ އަދި މިއަށް ވުރެ ވެސް އެ ސުވާލު 'ސަޅިކޮށްލައްވައިގެން'ނެވެ.

"ދެ ތިން ދުވަހުން ކުރާނެ ކަންތައްތަކެއް ނޫން މި ދަންނަވާލަނީ. އެއް ގަޑިއިރު ތެރޭގައި ކުރާނެ ކަންކަން،" މިހެން ވިދާޅުވެ، ވެރިކަމުގެ ފުރަތަމަ ގަޑިއިރު ތެރޭގައި ކުރެއްވުމަށް ގަސްދުކުރައްވާ އާދަޔާހިލާފު ކަންކަން ވަރަށް ނަލަކޮށް ސާފުކޮށް ދެއްވި އެވެ.

އެކަމަކު 'ސިޔާސަކަ'އިގައި ޖާބިރު ގެނެސްދެއްވަނީ އޭނާގެ ވެރިކަމެއްގައި ޖައްސާނެ ކުލަތަކެއް އެކަންޏެއް ނޫނެވެ. އޭނާގެ މި ރަތްކުލަ ގަދަ ސޫޓާއި އަގުބޮޑު ބޫޓާއި ވަންޕީސް އަތުކުރިގަޑި އާއި 'ވަން އެންޑް އޮންލީ ޖާބިރު'ގެ އަސްލަށް ވުރެ އާދަޔާހިލާފު ކެރެކްޓަރުގައިވީހާ ކުލައެކެވެ.

ޖާބިރަކަށް ތައާރަފެއް ބޭނުމެއް ނުވެ އެވެ. އެހެންވީމަ މި ވާހަކަ މިއަށް ވުރެ ދިގުކުރާނެ ކަމެއް ވެސް ނެތެވެ. – (ޖާބިރު ވިދާޅުވާހެން) ޝުކުރުދަންނަވަމެވެ. ނިންމާލާނަމެވެ.

ކޮމެންޓް (9)

ޙަނާ އަހްމަދް

5 ފެބްރުއަރީ 2023
ޣުޑް އެންޑް ވ ޑިފަރެންޓް ވޯންޓް މޯ ލައިކް ދިސް.ކީފް އިޓް އަޕް ނަދީމް
4 1

އާދަމް ހަލީމް (އެޑަމް)

5 ފެބްރުއަރީ 2023
ނަދީމް ނަހަދާނެ ކަޑަ އެއްޗެއް
8 1

ހިރިގާ

5 ފެބްރުއަރީ 2023
ހިރިގާމެން ފުންނާބު އުސްވެގެން އަދިވެސް މިކަހަލަ ކާޓޫނު ޝޯވް ދޯ ހަދަން އެނގެނީ. ބޭކާރު ނޫސްވެރިކަމެއް
1 7

ހުތާބެ

5 ފެބްރުއަރީ 2023
ޖާބެ ހަމަ ބެސްޓް. ޓޯޓަލް އެންޓަޓެއިނާއެއް. މިކަހަލަ ޒުވާނުން ގަޔާވާ ގޮތަށް ކޮންޓެންޓް ގެނައިމަ ވަރަށް ސަޅި.
8 1

ޙަސަން

5 ފެބްރުއަރީ 2023
އިންޓްރެސްޓިންގ
7 1

ތެފައާސާ.

5 ފެބްރުއަރީ 2023
ދެން އަނެއްހެން ގޯހެއް ނޫން. ޓެބްލޮއިޑް ސްޓައިލްގެ ނޫސްވެރިކަމަކަށް މިވެސް ރަގަޅު. ސީރިއަސް މިންގަނޑަކުން ބަލާއިރު މި އިންޓަވިއު ބަލާފަ އެޑް ކުރި ހަމަ އެއްވެސް ވެލިއުއެއް ނެތް. 11 މިނިޓް ބޭކާރުވުން ނޫން ކަމެއް ނުވި. އޮއްޓަރު ހުރި ހަމަ އެއްވެސް ވާހަކައެއް އަޑުނީވުނު. ކޮމެޑީ ޝޯ އަކަށް އޯކޭ.
9 8

ހަސަދަ

5 ފެބްރުއަރީ 2023
@ތެފައާސާ. ހަހަހަހަހާ! މީތިމީ ސީރިއަސް އެއްޗެއްކަމަށް ބަލައިގެން ބޮޑާ ނުހާކާ ނިދަންދޭބަލަ! ހަހަހަ މަރަށް ތެޅެނީ، ތެޅިފޮޅެނީ! އިޓްސް އޯކޭ ބްރޯ!
6 2

ޒުބޭރު

5 ފެބްރުއަރީ 2023
@ތެފައާސާ. މިއީ ސަމާސާ އެއްޗެއްގެ ގޮތަށް ދޯ މިއޮތީ ގެނެސްދީފައި، ނަތިން ސީރިއަސް. މިއަށް ތިބުނާ ވެލިއު އެޑް ކުރި ނަމަ ވާނީ ޖަސްޓް އަނަދާ އިންޓަވިއު އޮފް އަ ޕޮލިޓީޝަން. އައި ލައިކް ދިސް. ލައިޓްހާޓެޑް، ފަނީ، ބަޓް ހީ އިޒް އަ ކޮރަޕްޓް ޕާސަން
10 2

ތެފައާސާ.

9 ފެބްރުއަރީ 2023
@ހަސަދަ ޚިޔާލެއް ފާޅުކޮށްލާއިރަށް އަރާތިޖެހޭ ހިސާބެއްދޯ؟ އެހާ އަވަހަށް މަރަށް ތެޅޭ ހިސާބަށް ނުދޭބަލަ. ތަންކޮޅެއް ޗިލްވާން އެބަޖެހޭ ދޯ ބުރޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް