އެންޓާޓިކާގައި ހުންނަ އިންޓަނޭޝަނަލް ޕޯލާ ފައުންޑޭޝަންގެ ސްޓޭޝަން

ކޮވިޑް-19

އެންޓާޓިކާގައި ތިބި ސައިންސްވެރިންގެ ޓީމެއްގެ ތެރޭ ކޮވިޑު ފެތުރެނީ

އެންޓާޓިކާގައި ތަހުލީލުތައް ކުރަމުން އަންނަ މީހުންގެ މެދުގައި މީގެ ކުރިން ވެސް ކޮވިޑް ފެތުރުނު

ދުނިޔޭގެ އެންމެ އެކަހެރި އަދި އެންމެ ފިނި ބައްރު އެންޓާޓިކާގައި ސައިންޓިފިކް ތަހްލީލުތަކެއް ކުރަމުން އަންނަ ބެލްޖިއަމްގެ ޓީމެއްގެ މެދުގައި ކޮވިޑް ފެތުރެމުން އެބަދެ އެވެ.

ޕްރިންސަސް އެލިޒަތު ޕޯލާސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ ޖުމުލަ 25 ސައިންސްވެރިން ވެކްސިން ފުރިހަމަ ކޮށްފައިވީ ނަމަވެސް، ޑިސެމްބަރު 14 އިން ފެށިގެން އޭގެ ތެރެއިން 16 މީހަކަށް ކޮވިޑް ވަނީ ޖެހިފަ އެވެ. 

އޮފިޝަލުން ބުނާ ގޮތުގައި މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ ފަރާތުން ފެންނަ އަލާމާތްތައް ދަށެވެ.

"ހާލަތު ގޯހެއް ނުވޭ،" އިންޓަނޭޝަނަލް ޕޯލާ ފައުންޑޭޝަންގެ ޕްރޮޖެކްޓް މެނޭޖަރު ޖޯސެފް ޗީކް ވިދާޅުވި އެވެ.

"ވަކި ސްޓާފުންތަކެއް ކަރަންޓީނު ކުރަން އުނދަގޫއިރު، މުޅި ސްޓޭޝަނުން ކުރަން ޖެހޭ މަސައްކަތްތަކަށް މާ ބޮޑު ބުރުލެއް އަރާފައެއް ނުވޭ. އަދި މި ސްޓޭޝަންގައި މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކަކަށް ޖަނަވަރީ 12ގައި އޮންނަ ފްލައިޓުން ފުރުމުގެ ފުރުސަތު ދިނިން. އެކަމު ހުރިހާ އެންމެން ވެސް ބުނީ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް،" ޗީކް ވިދާޅުވި އެވެ.

މި ސްޓޭޝަންގައި އެންމެ ފުރަތަމަ ކޮވިޑް ރިޕޯޓު ކުރެވުނީ ޑިސެމްބަރު 14ގެ ހަތް ދުވަސް ކުރިން ސްޓޭޝަނަށް ދިޔަ ޓީމެއްގެ ފަރާތުންނެވެ. އެމީހުންނާއި ޕޮސިޓިވްވި އެހެން މީހުން ކަރަންޓީން ކުރި ނަމަވެސް ވައިރަސް ވަނީ އިތުރަށް ފެތުރިފަ އެވެ.

މި ސްޓޭޝަނަށް ދިޔުމުގެ ކުރިން ކޮވިޑު ވެކްސިން ފުރިހަމަކޮށް، ޓެސްޓެއް ވެސް ހަދަން ޖެހެ އެވެ. 

އިންޓަނޭޝަނަލް ޕޯލާ ފައުންޑޭޝަނުން ޕްރިންސަސް އެލިޒަބަތު ޕޯޓު ހުޅުވާ، އޮޕަރޭޓު ކުރަން ފެށީ 2009 ވަނަ އަހަރެވެ.

އެންޓާޓިކާގައި ތަހްލީލުތައް ކުރަމުން އަންނަ ސްޓޭޝަންތަކުގައި ކޮވިޑު ފެތުރެން ފެށި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 

އެންޓާޓިކާގައިވާ ޗިލީގެ އަސްކަރީ ބޭސް

މީގެ އަހަރެއް ކުރިން ޑިސެމްބަރު 2020 ގައި ބާނަޑޯ އޯ ހިގިންސްއަށް ސަޕްލައި ހިފައިގެން ދިޔަ ބޯޓެއްގެ މުވައްޒަފުންތަކަކަށް ކޮވިޑު ޖެހުމުގެ ސަބަބުން ތަހުލީލުތަކެއް ކުރަމުންދިޔަ ޗިލީގެ އަސްކަރީ ސިފައިންތަކެއްގެ މެދުގައި ވެސް ކޮވިޑް ފެތުރުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް